Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 18:52
ރައީސް ސޯލިހު ނަޝީދުއާ ސަލާން ކުރައްވަނީ
ރައީސް ސޯލިހު ނަޝީދުއާ ސަލާން ކުރައްވަނީ
ރައީސް އޮފީސް
ރައީސް ނަޝީދު
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފި
ތުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް ސޯލިހު އަމަލު ކުރައްވަމުން ގެންދަވާ ހިތްވަރު ގަދަ އަދި ހަމަހަމަ އުސޫލަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު އަވަސް ފިޔަވަޅު އަޅުއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނަތަކީ ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތެވެ. މިހިޔާނާތުގައި ސިޔާސީ ބޭފުޅުންނާއި، ވިޔަފާރިވެރިން ބައިވެރިވެފައިވާއިރު، އޭސީސީގެ ރިޕޯޓާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމް ވެސް ވަނީ ގޭގައި މަޑުކުރަން އަންގާފައެވެ.

މީގެ އިތުރުން ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާވެސް ގޭގައި މަޑުކުރަން ރައީސް ސޯލިހު ވަނީ އަންގަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 ފެބްރުއަރީ 2019 | ހޮނިހިރު 10:44
ހަޟަވެރކަން
ޔާމީން ވެސް އެއޮތީ ވާނުވާ ޖަހާފައި، އެކަމަކާއި އުފަލެއް ނުވޭ - ގާސިމް