Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 18:24
ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ރާއްޖެ އެމްވީ
އަހުމަދު ނިހާން ހުސައިން މަނިކު
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތު ގައި ނިހާން ފުލުހަށް!
ނިހާނު ފުލުހަށް ހާޒިރުވުމަށް އެންގީ ހުކުރު ދުވަހުގެރޭ ރޭގަނޑު 8:30

ފުލުހުންގެ މަސައްކަަތަށް ހުރަސްއެޅުމުގެ ތުހުމަތުކޮށް ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު، ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

ނިހާނަށް ޗިޓް ފޮނުވީ ބުދަ ދުވަހުގެރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލަން ބޭއްވި އެއްވުމުގައި ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅި މައްސަލާގަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ނިހާން ވަނީ ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގަލެއް ލައްވާފަ އެވެ.

ފުލުހުން ނިހާނަށް ފޮނުވާފައިވާ ޗިޓްގައި އޭނާއަށް ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އޭނާ ހާޒިރުކުރަނީ ތަހުގީގަށް މައުލޫމާތު ހޯދުމަށެވެ.

ނިހާނު ފުލުހަށް ހާޒިރުވުމަށް އެންގީ ހުކުރު ދުވަހުގެރޭ ރޭގަނޑު 8:30 އަށެވެ.

 

ނިހާނު ފުލުހަށް ހާޒިރުވުމަށް އެންގީ ހުކުރު ދުވަހުގެރޭ ރޭގަނޑު 8:30

މަނީ ލޯންޑާރ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ހައްޔަރު ކޮށްފައިވާއިރު، އެމަނިކުފާނުގެ ސިއެްހީ ހާލުކޮޅު ގޯސްވެގެން ބުދަ ދުވަހު އައިޖީއެމް ހޮސްޕިޓަލަށް ގެނައި ވަގުތު ޕީޕީއެމް ސަޕޯޓަރުންވަނީ ހޮސްޕިޓަލްގެ ތެރޭގައި އަޑުގަދަކޮށް ރައީސް ޔާމީން އެޑްމިޓްކޮށްފައި އޮތް ކޮޓަރިކޮޅަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުުހުން ވަނީ ހާލަތާއި އެކަށީގެންވާ ބާރުގެ ބޭނުންކޮށް އެމީހުން އެ ސަރަހައްދުން ފޮނުވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 20:31
ބޯބުޅި
ކިހާވަރެއް ވީމަތޯ ޔަގީންވަނީ އެގާއެތާބާވާތަން އެވެހިކަލުގާތިބި ޕޮލިހުއްނަ ރަގަޅަފެއްނާނެ އެވަރުންވެސް ތުހުމަތު ބެރިކޭޑުމަތިން ނުވެސްފެނުނު ސާބަސް ޕޮލސް ތިކުރާ މަސަކަތަ