Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 18:15
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ރައީސް އޮފީސް
ހޯމް މިނިސްޓަރު އިމްރާން
ހޮސްޕިޓަލަށް ގަދަބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ހޯމް މިނިސްޓަރ
އުސޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށް ވިދާޅުވި

ސްކޫލް އަދި ހޮސްޕިޓަލް ފަދަ ޚިދުމަތްދޭ ތަންތަނަށް ގަދަބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު އައިޖީއެމްއެޗަށް ކުރީގެ ރައީސް ޔާމީން ގެނައުމާ އެކު ބަޔަކު އެ ހޮސްޕިޓަލަށް އެއްވެފައިވަނިކޮށެވެ.

އަދި އެއްވި މީހުންގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން، ފުލުހުން ވަނީ ޕެޕާ ސުޕްރޭ ޖަހައި، އެއްވި މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ބުރާސްފަތި ދުވަހު މިނިސްޓަރ ކުރައްވާފައިވާ ޓްވީޓް ގައި ސްކޫލް އަދި ހޮސްޕިޓަލް ފަދަ ޚިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރި ކަމަކީ އެންމެ އިސްކަންދޭނެ ކަންކަން ކަމަށާއި އަމަލުކުރަން އޮންނަ އުސޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް