Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 14:47
ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި އިންޑިއާއަށް ފުރި ބައެއް ދަރިވަރުން
ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި އިންޑިއާއަށް ފުރި ބައެއް ދަރިވަރުން
މުހައްމަދު ޝަރުހާން
ކެރިއަރ ގައިޑެންސް ޕްރޮގްރަމް
ކެރިއަރ ގައިޑެންސް ޕްރޮގްރާމްގެ ދަށުން 10 ދަރިވަރަކު އިންޑިއާއަށް ފުރައިފި
މި ޕްރޮގްރާމްގެ ދަށުން 10 ދަރިވަރުން އިންޑިއާ އަށް ފުރާފައިވޭ
7 ދުވަހު ދަރިވަރުން އިންޑިއާގައި މަޑުކުރާނެ
މި ޕްރޮގްރާމްގެ ދަށުން 5 ދަރިވަރަކަށް ސްކޮލަރޝިޕް ލިބިގެންދާނެ

އެމްޑީޕީގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސެން ޝަމީމް (އަނދުން ހުސެއިން)ގެ އެހީގެ ދަށުން 10 ދަރިވަރަކު އިންޑިއާގެ ބެންގަލޫރަށް ފުރައިފިއެވެ.

މި ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕްރޮގްރާމް އޮގަނައިޒްކުރާ ކޮމެޓީގެ މެންބަރު އަލީ ޒާހިރު ވިދާޅުވީ މި ފުރުސަތަކީ އަނދުން ހުސެއިން ދާއިރާގެ ދަރިވަރުންނަށް ހޯދައިދެއްވި ފުރުސަތެއް ކަމަށެވެ. މި ދަތުރުގައި ދަރިވަރުން ދާނީ ބެންގަލޫރުގެ ގާރޑަން ސިޓީ ޔުނިވާރސިޓި އަށް ކަމަށާއި ހަތް ދުވަހު ދަރިވަރުން މަޑުކުރާނެ ކަމަށެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ އެއްޗެހި ކުދިންނަށް ދަސްވެގެން ދިއުމުގެ އިތުރުން ގިނަ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށާއި ދަތުރުގެ ހުރިހާ ކަމެއް ވެސް ތާވަލާ އެގޮތަށް ކުރިއަށް ދާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މި ދަތުރުގައި މެންޓަރއެއްގެ ގޮތުން ބައިވެރިވާ އައިޝަތު ނުހާ ބުނީ މި ދަތުރުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކަށް ސްކޮލަރޝިޕް ހަމަޖެހިގެން ދާއިރު ޝޮކޮލަރޝިޕް ލިބޭ ފަސް ދަރިވަރުން ބެންގަލޫރުގައި މަޑުކުރާނެ ކަމަށެވެ.

މި ދަތުރުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިން ބުނެފައި ވަނީ މީހުން ބިނާ ކުރުމަށްޓަކައި ދާއިރާގެ ކެންޑިޑޭޓް ކޮށްދެއްވަނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އަދި ބޮޑު ހޭދައެއް ކަމަށެވެ. އަދި ތަރައްގީއަކީ މީހުން ބިނާ ކުރުން ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވެފައި ވާކަމަށާއި އެކަމަށްޓަކައި އަނދުން ހުސެއިން އިސްނަންގަވައިގެން މިފަދަ ކަމެއް ކުރައްވާތީ އެކަމާ އުފާ ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް