Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 13:44
އަވަސް އޮންލައިންގެ މެނޭޖިންގ އެޑިޓަރ އަޙުމަދު ނާއިފް (ވ) ނޫނު އިންފޯގެ ނޫސްވެރިޔާ އަހުމަދު ނައުޝާދު ވަނީ ކުރިމަތިލާފައި
އަވަސް އޮންލައިންގެ މެނޭޖިންގ އެޑިޓަރ އަޙުމަދު ނާއިފް (ވ) ނޫނު އިންފޯގެ ނޫސްވެރިޔާ އަހުމަދު ނައުޝާދު ވަނީ ކުރިމަތިލާފައި
މުހައްމަދު ޝަރުހާން
މޯލްޑިވްސް މީޑިއާ ކައުންސިލް
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުން އަންނަ މަހުގެ 2 ވަނަ ދުވަހު
ވޯޓްލާން ރަޖިސްޓްރީކުރުން މިމަހުގެ 25، 26 އަދި 27 ވަނަ ދުވަހު

މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުން އަންނަ މާރޗުމަހުގެ 2 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. 

ހޯމް މިނިސްޓްރީން ބުނީ މީޑިޔާ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު އޮންނާނީ މާރޗުމަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު 2 އިން 3 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ކަމަށެވެ. 

މީޑިޔާ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެކައުންސިލްގައި މީޑިޔާތައް ތަމްސީލްކުރާ މެމްބަރެއްގެ ދައުރު ހަމަވުމުންނެވެ. ހުސްވެފައި ވަނީ ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފްގެއެވެ. ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލުމުން ދެ ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެއީ އަވަސް އޮންލައިންގެ މެނޭޖިންގ އެޑިޓަރ އަޙުމަދު ނާއިފް އާއި ނޫނު އިންފޯގެ ނޫސްވެރިޔާ އަހުމަދު ނައުޝާދުއެވެ.

އިންތިޚާބުގައި ވޯޓްލެވޭނީ މިހާރު ކައުންސިލްގައި ތަމްސީލްނުވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްޢޫލު ފަރާތްތަކުގެ މެދުގައެވެ. ވޯޓްލާން ރަޖިސްޓްރީކުރުން މި މަހުގެ 25، 26 އަދި 27 ވަނަ ދުވަހު ކަމަށާއި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ލިބެން ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

މީޑިޔާ ކައުންސިލް އެކުލެވިގެން ވަނީ މީޑިޔާތަކުން އިންތިޚާބުވާ 8 މެމްބަރުންނާއި، އަމިއްލަ ފަރާތްތަކުގެ ތެރެއިން އިންތިޚާބުވާ 7 މެމްބަރުންގެ މައްޗަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް