Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 12:02
އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝަކޫރު
އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝަކޫރު
ގޫގުލް
އެފްއައިޔޫ ހެޑް
އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
އާތިފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ހެޑް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން އަންގައިފިއެވެ.

އާތިފް މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 2:30 އަށެވެ. މަޖިލީހުގެ އިދާރާއިން އާތިފް މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ފޮނުވާފައިވާ ސިޓީ އޭނާ ވަނީ ޓްވިޓަރ އާންމުކުރައްވާފައެވެ.

 

މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީ ޓްވިޓަރގައި އާންމުކުރެއްވުމަށް ފަހު އާތިފް ވިދާޅުވެފައި ވަނީ އެފްއައިޔޫގެ ވެރިޔާގެ ގޮތުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ވާހަކަތައް ހިއްސާކުރައްވާނެ ފުރުސަތަކަށް އެދިއެދި ހުންނެވި ކަމަށާއި، ވާހަކަ ދައްކަވާނީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ. 

މަޖިލީހުގެ އިދާރާއިން އާތިފަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައި ވަނީ އޭނާ، އެފްއައިޔޫ ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ކަމަށް ވާތީ، މާލިއްޔަތު ކޮމެޓީގެ މެންބަރުން އާތިފްއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް އޭސީސީން ފެށުމުގެ ކުރިންނެވެ.

އޭސީސީން ނެރުނު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަހްގީގްގެ ރިޕޯޓްގައި ބުނެފައި ވަނީ އެސްއޯއެފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތް ކަމަށެވެ. އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ނަމަވެސް، އެކަން ތަހުގީގުކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އޭރުގެ ގަވަރުނަރު އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް އާތިފް އޭސީސީއަށް ދެއްވި ބަޔާނުގައި ވަނީ ބުނެފައެވެ.

އާތިފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމް ފުރުއްވި އާޒިމާ ޝަކުރޫގެ ބޭބެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކި ދިނުމާއި، މަނީ ލޯންޑަރކުރި ކުރުމަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް