Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 12:28
މުޒާހަރާ ނިންމާލުމަށް ފަހު، ފުލުހުންގެ ވެހިކަލް ދަށަށް ނިހާން ގާ ބުރިއެއް ލައްވަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ
މުޒާހަރާ ނިންމާލުމަށް ފަހު، ފުލުހުންގެ ވެހިކަލް ދަށަށް ނިހާން ގާ ބުރިއެއް ލައްވަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ
ރާއްޖެ އެމްވީ
ނިހާން ފުލުހުންގެ މަސައްކަތައް ހުރަސް އެޅުން
ފުލުހުންގެ ވެހިކަލަކަށް ނިހާން ހުރަސްއެޅުއްވި މައްސަލަ ބަލަން ނިންމައިފި
މައްސަލައިގައި މިހާތަނަށް ނިހާންއާ ސުވާލެއް ކޮށްފައެއް ނުވޭ

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލެއްވެވި މައްސަލަ ބެލުމަށް ފުލުހުން ނިންމައިފިއެވެ.

އެ މައްސަލަ ބެލުމަށް ފުލުހުން ނިންމުމަށް ފަހު އެކަމާ ގުޅިގެން ކަންކަން ސާފު ކުރަން ފަށާފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.  

ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގާބުރިއެއް ލައްވަވާ ވީޑިއޯއެއް ބުދަ ދުވަހުގެ ރޭ ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ. އެ ވީޑީއޯ އިން ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންތަކެއް ކާނިވާ ސަރަހައްދަށް އެއްވެ ކުރި މުޒާހަރާ ނިންމާލުމަށް ފަހު ދިޔަ މަގުމަތީ، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރި ލައްވަވާ މަންޒަރެވެ. ފުލުހުންގެ ވެހިކަލެއްގެ ދަށަށް ނިހާން ގާބުރިއެއް ލެއްވެވީ އެ ސަރަހައްދު، ޕޭވްމަންޓް ގަލެއް ނެންގެވުމަށް ފަހުގައެވެ. 

ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތައް ހުރަސް އެޅުމަކީ އަދަބު ކަނޑައެޅިފައިވާ ގާނޫނީ ކުށެކެވެ.

ނިހާން ވަނީ އެ ވީޑިއޯގައި އެ ފެންނަނީ އޭނާ ކަމަށާއި އަދި އެ ގާބުރިލަނީ ފުލުހުންގެ ވެހިކަލް ދުއްވަން ހުރަސް އެޅުމަށް ކަމަށް އިއުތިރާފުވާ މޭރުމުން ޓުވީޓްވެސް ކުރައްވާފައި އެވެ. އެގޮތުން ޓުވީޓަރގައި ދައުރުކުރަމުންދިޔަ އެ ވީޑިއޯއަށް ރައްދުދީ ނިހާން ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލެއް އާންމު ރައްޔިތުންގެ ތެރެއަށް ވަދެ ފަހަތައް ދުއްވަން އުޅެފި ނަމަ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.  

ނިހާން އެހެން ވިދާޅުވި ނަމަވެސް ބުދަ ދުވަހުގެ ރޭ ޕީޕީއެމް އިން ކާނިވާ ސަރައްދުގައި ބޭއްވި މުޒާހަރާ ނިންމާލި ކަމަށް ބުނުމަށް ފަހު ނިހާން އިސްވެ ހުންނަވައިގެން އާންމުން ގޮވައިގެން މަގުމައްޗަށް ނިކުންނަވާ ފުލުހުންގެ ވެހިލްކުރިމަތިން ވަނީ ހުރަސްކުރައްވާފައެވެ. މީގެ ކުރިން ވެސް ނިހާން ވަނީ އެފަދަ ބައެއް އަމަލުތައް ހިންގަވާފައެވެ. އެ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ކުރި ބައެއް މުޒާހަރާތަކުގައި ބެރިކޭޑެއް މަތިން ފުއްމަވާލައްވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް އާންމުވެފައި ވެއެވެ. އަދި މަޖިލީހުގެ ތެރޭގައި އަނގަ ދޮއްވެވުމަށް ފަހު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާގެ ހަށިކޮޅަށް ފެން ޖެއްސެވި ވީޑިއޯ ވެސް ވައިރަލްވެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 11:05
ތިބެންޖެހޭނީ
ނުކުރެވޭ އެއްކަމެއްވެސް ހަމަހިންދިރުވައިލައި ގެން ތިބެންޖެހޭނީ
21 ފެބްރުއަރީ 2019 | ބުރާސްފަތި 08:51
މުޙައްމަދު
ތާއަބަދު ޤާނޫނަށްވުރެ މަތީގައި އުޅެވޭނެކަމަށް ހަމައެއްވެސް ރައްޔިތަކު ދެކޭނަމަ އެއީ ވަރަށްދަށުދަރަޖައިގެ ހީވުމެއް ޤާނޫނު އެފަދަމީހައާވެސް އަރާ ހަމަކުރާނެކަން އަބަދުމެ ފިކުރުގައި ބަހައްޓަންވާނެ