Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 15:07
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބެއްސެވި ކާޑުގެ ބާވަތްތައް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބެއްސެވި ކާޑުގެ ބާވަތްތައް
މުހައްމަދު ޝަރުހާން
އެސްޓީއޯ
ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
ރައްޔިތުންނަށް ބަހާފައި ވަނީ ފައިސާ ނުދީ އެސްޓީއޯ އިން ނެގި 800 ބަސްތާ ހަނޑުލާއި، ފުށާއި ހަކުރު
ފައިސާ ދެއްކީ މި ހަފުތާ ތެރޭގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ސަދަގާތު ފައުންޑޭޝަނުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދިނީ ތަހުގީގު ފެށުމުންކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ބަހަން ސަދަގާތު ފައުންޑޭޝަނުން އެސްޓީއޯ އިން ހަނޑުލާއި، ފުށާއި ހަކުރު ހިމެނޭ ގޮތަށް 800 ބަސްތާ ނަގާފައި ވެއެވެ. އެ ތަކެތި ނަގާފައި ވަނީ ފައިސާ ނުދައްކައިކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ. 

 
އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ އިންޓާނަލް އޮޑިޓެއް ފަށާފައި ވަނީ އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން އަމްރު އައްޔަން ކުރެވުނު ހިސާބުންނެވެ. ތަހުގީގު ފެށުމާ އެކު އެތަނުގެ މުއައްޒަފެއް މެދުވެރިކޮށް އަހަރެއްހާ ދުވަސް ފަހުން މި ހަފުތާގެ ތެރޭގައި އެ ފައިސާ ދައްކާފައިވާކަން ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތުމަތު އިބްރާހިމް އެ ފައިސާ ދައްކަވާފައި ވަނީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ޝަހީރުގެ ކާރު ޑްރައިވަރު މެދުވެރިކޮށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފާތިމަތު އިބްރާހީމްގެ ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި ކާޑުގެ އިތުރުން ކަދުރާއި ޕެނެޑޯލު ފަދަ ތަކެތި ބަހާފައިވެއެވެ. އޭގެ އިތުރުން އާސަންދަ ބޭނުންކޮށްގެން ހިތާނީ ކޭމްޕްތައް ބާއްވާފައިވާ އިރު އެޗްޑީސީ އާއި އެ ނޫން ވެސް ތަންތަނުން ނަގައި އެ ފައުންޑޭޝަންގެ ނަމުގައި ބަހާފައި ވެއެވެ. މިގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖެ އަށް ދިން ކަދުރު ވެސް އެ ފައުންޑޭޝަންގެ ނަމުގައި ބެހި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެކަންތައްތަކުގައި ކަރަޕްޝަންގެ ތުހުމަތުތަކެއް އެކަމަނާގެ މައްޗަށް ދަނީ ކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 11:03
ފިޔަވަޅެއް ނޭޅޭނެ
ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފަށާ ޖަލައް ދާންޖެހޭނެކަން އެނގުމުން،
21 ފެބްރުއަރީ 2019 | ބުރާސްފަތި 10:39
ހ މ ޒ
ނިކަމެތި ރައްޔިތު މީހާ ސަސްޕެންޑް ކުރީމާ މުސާރަ ވެސް އެއްވެސް އެލަވަންސެއް ނުލިބޭ. މީދޯ ޖަޒީރާ ވަގު ރާއްޖޭގައި ކަންކަން އޮންނަގޮތް!
21 ފެބްރުއަރީ 2019 | ބުރާސްފަތި 08:36
މުހަންމަދު ކަލޯ
ތީ ހަމަ ރައްޔިތުންގެ ފައިސާ. ތިހެން ހުރި ހުރިހާ ދިމާލަކުން އެފައިސާ ހޯދާ ރައްޔިތުންގެ ޚަޒާނާ އަށް ވައްދަން ޖެހޭ. އޭރު ދެއްކި ވާހަކަތަކަކީ ހަމަ ހަގީގަތް ކަން ސާފުވަނީ.
21 ފެބްރުއަރީ 2019 | ބުރާސްފަތި 08:35
މުހަންމަދު ކަލޯ
ތީ ހަމަ ރައްޔިތުންގެ ފައިސާ. ތިހެން ހުރި ހުރިހާ ދިމާލަކުން އެފައިސާ ހޯދާ ރައްޔިތުންގެ ޚަޒާނާ އަށް ވައްދަން ޖެހޭ. އޭރު ދެއްކި ވާހަކަތަކަކީ ހަމަ ހަގީގަތް ކަން ސާފުވަނީ.
21 ފެބްރުއަރީ 2019 | ބުރާސްފަތި 05:42
ނަވާޒް
އެމްޑީގެ ޑްރައިވަރު އެބުރި ވަަޒީފާއަށް ނުކުންނަން ފަށައިފި
21 ފެބްރުއަރީ 2019 | ބުރާސްފަތި 05:27
Ridhan
Kan othy hama thihen
21 ފެބްރުއަރީ 2019 | ބުރާސްފަތި 05:13
aish
Maanu ge famili meeheh kamuga vai Rahoo aki madam faathuma ge enme aris meeha. Mikamuge sababun maldives gas kudhin roadha mahu ves ulhen jehuni handoo hakuru fuh kirumuga. Muliaageya nudhaa kuhjje viyya fiywalhu alhaa biru dhakkaafa yoh othy
21 ފެބްރުއަރީ 2019 | ބުރާސްފަތި 05:10
ainth ms
Maldives gas kudhin biru dhAkkuvaigen gadha baarun gengos, gudaaru bindhey varah massa'kah kuruwy. OT dheefa. Muliyaagen e'ves kujjakah kaan ves nudhe
21 ފެބްރުއަރީ 2019 | ބުރާސްފަތި 05:08
nanna
Maldives gas kudhin gengoss gen gudhaaru bindhen dhekah gana thalhuvaafa massaikah kuruwee