Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 13:53
ކެރިއާގައިޑެންސް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންތަކެއް
ކެރިއާގައިޑެންސް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންތަކެއް
ރާއްޖެއެމްވީ
އަނދުން ހުސޭން
އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ
ކެރިއާގައިޑެންސް ޕްރޮގްރާމް އޮންނާނީ މި މަހު 21 އިން 28 އަށް
އަންނަ އަހަރު 10 ދަރިވަރުންނަށް މިފުރުސަތު ދިނުމަށް ހަމަޖެހިފައިވޭ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝަހީމް (އަނދުން ހުސެއިން)ގެ ހަރަދުގައި އެ ދާއިރާއިން ހޮވާލެވޭ ފަސް ކުއްޖަކަށް ބެންގަލޫރްގެ ގާރޑެން ސިޓީ ކޮލެޖުން ކިޔެވުމުގެ ފުރުސަތު ދޭން ހަމަޖައްސައިފިއެވެ.

އިންޑިއާގެ ބެންގަލޫރްގައި 1992 ވަނަ އަހަރު އުފެދުނު ގާޑެން ސިޓީ ކޮލެޖަކީ ރާއްޖޭގެ ގިނަ ކުދިންތަކެއް މިހާރު ވެސް ތައުލީމު ހާސިލް ކުރަމުންދާ ކޮލެޖެކެވެ. އެ ކޮލެޖުގައި ކިޔަވައިދޭ ކޯސްތަކުގު ތެރޭގައި، ޓުރިޒަމް، ސައިންސް ސްޓަޑީސް، ފެޝަންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ވެސް ހިމެނެއެވެ.

 

ގާޑެން ސިޓީ ކޮލެޖް

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހުސެއިން ވިދާޅުވީ، އާއްމުކޮށް އިއުލާން ކޮށްގެން ހެންވޭރު ދެކުނު ދާއިރާއަށް ހުޅުވައިލި މިފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް 15 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އަދި އެ ދަރިވަރުން ކެރިއާގައިޑެންސް ޕްރޮގްރާމްގައި ބައިވެރިވުމަށް މި މަހު 21 އިން 28 އަށް ބެންގަލޫރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''މި ޕްރޮގްރާމްގެ ދަށުން އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީގަ އައިކިއު ޓެސްތަކާއި އެމީހުންގެ ޓުއާގަ ބައިވެރިވެ އިންޓަވިއުތަކުން ފާސްވާ ކުދިންގެ ތެރެއިން 5 ކުއްޖަކީ އެ ކޮލެޖްގެ މި އަހަރުގެ ޖޫން އިންޓޭކްގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ފަސް ކުދިން'' ހުސެއިން ވިދާޅުވިއެވެ.  

ހުސެއިން ވިދާޅުވީ، މިއަހަރު ފަސް ކުދިންނަށް އެ ފުރުސަތު ދޭން ހަމަޖެހިފައިވާއިރު އަންނަ އަހަރު 10 ދަރިވަރުންނަށް މިފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހިލޭ ޑިގްރީއަށް ބޭރަށް ދާން ފުރުސަތު ހުޅުވައިލީ ޕްރައިމަރީގައި ދޮރުން ދޮރަށް ހިންގެވިއިރު ދާއިރާގެ ގިނަ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުންފާޅު ކޮށްފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.  

 

ހުސެއިންގެ ހަރަދުގައި ކިޔަވަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލައިފައިވާ ދަރިވަރުންތަކެއް. 

ބުރާސްފަތި ދުވަހު އެ ދަރިވަރުން އިންޑިއާ އަށް ފުރާއިރު ދެ އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހުސެއިން ވިދާޅުވީ، ޑިގްރީއަށް  ދަރިވަރުން ނެގިއިރު އެންމެ ބޮޑަށް އިސްކަން ދީފައި ވަނީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ކަމަށެވެ.

''އިސްކަންދީފައި މިހިރީ ބެލެނިވެރިންގެ ތަނަވަސްކަން އެވަރަށް ނުފޯރާ ބެލެނިވެރިންނަށް އަޅުގަނޑުމެންނަށް ދިނީ'' ހުސެއިން ވިދާޅުވިއެވެ.

މިކަމުގައި ކަލާފާނުގެ ސްކޫލުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރައްވައި ހުސެއިން ވިދާޅުވީ، ދަރިވަރުން ނަގާފައި ވަނީ ގާޑެން ސިޓީގެ ޗާންސެލާ ދީފައިވާ މިންގަޑާ އެއްގޮތަށް ކަމަށެވެ.  ކެރިއާގައިޑެންސް ޕްރޮގްރާމް އަށް ދާ ކުދިން ތިބެން ހަމަޖެހިފައިވަނީ ގާރޑެން ސިޓީ ޔުނިވާސިޓީ ކޮލެޖްގައި ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ފެބްރުއަރީ 2019 | ހުކުރު 19:04
ާއަލީ
ތިދަރިވަރުންގެ ނަންތައް ހާމަކުރެވި ދާނެތޯ އެދުމެއް ނެތި ވެދުން ނުކުރާނެ މިހަަރުވެސް ހިޔާނާތުގެ ލާރިގާ ޖެހިފަާ ހުރި ނަޒާހައިތެރި ވުމަކީ ތިޔައީތޯ