Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 13:55
ކަަޅުވަކަރު މިސްކިތް
ކަަޅުވަކަރު މިސްކިތް
ރާއްޖެއެމްވީ
ކަަޅުވަކަރު މިސްކިތް
ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް ނިމިއްޖެ
ބާކީ ހުރި މަސައްކަތް ހަލުވިކަމާ އެކު ދަނީ ކުރިއަށް

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ކަޅުވަކަރު މިސްކިތުގެ މަސައްކަތް ފަށާފައި ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އޭރު ކުރަމުންދިޔަ މަސައްކަތަކީ މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާ މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރަމެވެ. މިސްކިތުގެ ހިރިގަލުގެ މަސައްކަތް ނިމިފައިވާއިރު ބާކީ ހުރި މަސައްކަތް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ.

މިސްކިތުގެ މަސައްކަތާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން އޮފިސަރ ހަސަން މުހައްމަދު  ވިދާޅުވީ މިސްކިތުގެ ލަކުނޑިއާއި ގަލުގެ ބައިތައް މިސްކިތް ބަހައްޓާ ސަރަހައްދަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު މިސްކިތުގެ ފުރާޅުގެ މަސައްކަތާއި އެހެން ލަކުޑީގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ. އެ ވައުދުތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން އަނބުރާ ބިނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި 8 ވަނަ ދުވަހުއެވެ. އެ އަށް ފަހު މިސްކިތް ހުރި ސަރަހައްދުގައި ވަނީ ވިންޓަރ ތީމް ޕާކެއް ހަދާފައެވެ.

ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ރީތި އަޖައިބުކުރުވަނިވި ކަންތައްތަކެއް ހުރި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައި އެތައް ކަވި މަސައްކަތްތަކެއް ކޮށްފައިވާއިރު ކަޅުވަކަރު މިސްކިތުގައި ކަޅުވަކަރު ބޭނުންކޮށްފައި ހުރުމާއި ހިރިގަލުން މިސްކިތް ބިނާ ކުރެވިފައި ހުރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް