Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 10:54
ކޯސްޓްގާޑު
ކޯސްޓްގާޑު
އެމްއެންޑީއެފް
ދޯންޏެއްގެ އިންޖީނުގެ ހުއްޓުން
އައްޑޫ އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގެ އިންޖީން ހުއްޓިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު
ބޯޓަކީ 80 ފޫޓުގެ ބޯޓެއް

މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުން ދިޔަ ރަންޑި ނަމަކަށް ކިޔާ ބޯޓެއް ހުވަދޫ ކަނޑުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުދަ ދުވަހުގެ ފަތިހު 05:55 ހާއިރު ކަމަށާއި ކޯސްޓްގާޑުގެ ލޯންޗެއް އެ ބޯޓު ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތުން ބޯޓް ކަފު ޖަހާނެ އުޅަނދެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ބޯޓަކީ 80 ފޫޓުގެ ބޯޓެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 ފެބްރުއަރީ 2019 | ބުދަ 12:40
ހީސަމާސާ
ރަންޑި ބޯޓެއްނޫން . އައްޑުއަތޮޅު މަރަދުއަށް ނިސްބަތްވާ ރަންދޫ ނަމަކަށް ކިޔާ ބޯޓެއް.