ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 08:33
ކާލް ލަގަފެލްޑް
ކާލް ލަގަފެލްޑް
ގެޓީ އިމޭޖަސް
ކާލް ލަގަފެލްޑް
މަޝްހޫރު ޑިޒައިނަރ ކާލް ލަގަފެލްޑް މަރުވެއްޖެ
ކާލް މަރުވިއިރު އުމުރަކީ 85 އަހަރު

ވިހި ވަނަ ގަރުނުގެ ތެރޭގައި އެންމެ ނުފޫޒުގަދަ ލެޖެންޑަރީ ފެޝަން ޑިޒައިނަރު ކާލް ލަގަފެލްޑް މަރުވެއްޖެ އެވެ. 

 

ޖަރުމަނަށް އުފަން މަޝްހޫރު ކާލް ލަގަފެލްޑް މަރުވިއިރު އުމުރަކީ 85 އަހަރެވެ. ކާލް ލަގަފެލްޑް މަރާއި ގުޅިގެން އޭނާގެ ފެޝަން ލޭބަލް ޝެނެލް އިން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ  އަންގާރަ ދުވަހުގެ ހެނދުނު ކަމަށާއި އޭނާ މަރުވީ ބަލިވެ، ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. ކާލް މަރުވީ ޕެރިސްގައި ހުންނަ އެމެރިކަން ހޮސްޕިޓަލެއްގައެވެ.

ކާލް އަށް ފެޝަންގެ ދުނިޔެއިން އެންމެ ފުރަތަމަ ކާމިޔާބީއަކާ ހަމައަށް ދިޔައީ 1960 ގެ މެދު ތެރޭގައި ކްލޯ ބްރޭންޑްއިންނެވެ. ނަމަވެސް އޭގެ ފަހުން  އޭނާ މަސައްކަތް ކުރަމުން އައީ ޝެނަލްގައެވެ. ކާލް އަމިއްލަ އުފެއްދުންތައް އުފައްދަން ފަށާފައިވަނީ 1983 ވަނަ އަހަރުން ފެށިގެންނެވެ.

އޭނާ  ފަހަކަށް އައިސް މީހުންނަށް ފެނިގެންދަނީ ގަދަ ކުލަތަކުގެ އަވި އައިނު އަޅައިގެން ހުއްޓައެވެ.ކާލް އުފަންވެފައިވަނީ 1933 ވަނަ އަހަރުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް