ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 20:58
ސައިފް، ކަރީނާ އަދި ސާރާ
ސައިފް، ކަރީނާ އަދި ސާރާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
ފުރަތަމަ ހީރޯއާ އެކު ޑޭޓްނުކުރުމަށް ކަރީނާ ވަނީ އެދިފައި

ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުތްއާ އެކު ޑޭޓްނުކުރުމަށް ސާރާ އަލީ ޚާންގެގެ ދޮން މަންމަ ކަރީނާ ކަޕޫރު ނަސޭހަތްތެރި ވެއްޖެއެވެ.

ކަރީނާ އޭނާގެ އެކުވެރިޔާ އަމްރީތާ އަރޯރާއާ އެކު ބައިވެރިވި ޗެޓް ޝޯއެއްގައި ސާރާއަށް ދޭނެ ޑޭޓިން އެޑްވައިސްއަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެމުން ކަރީނާ ބުނެފައި ވަނީ "ޑޯންޓް ޑޭޓް ވިތު ޔުއަރ ފަސްޓް ހީރޯ" އެވެ.

ފުރަތަމަ ހީރޯއާ އެކު ޑޭޓްނުކުރުމަށް ކަރީނާ އެދިފައިވާއިރު ސާރާ ފުރަތަމަ ކުޅެފައިވާ ފިލްމް "ކެދަރްނާތު" ލީޑް އެކްޓަރަކީ ސުޝާންތު އެވެ.

ސައިފްގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިން ކަމަށްވާ ސާރާ އާއި އިބްރަހަމް އަލީ ޚާން އާއި ކަރިނާއާ ދެމެދު ފަހަކަށް އައިސް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. ސާރާ އަދި ކަރީނާ ވެސް ވަނީ އެ ދެ މީހުންގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ސާރާ އާއި ކާރްތިކް އާރްޔަން ޑޭޓްކުރަން ބޭނުންވާ ކަން ދެ ތަރިން ވެސް ދާދި ފަހުން ހާމަކޮށްފައިވާއިރު ސާރާ އާއި ސުޝާންތު ޑޭޓްކުރާ ކަމަށް ވަނީ އަޑުފެތުރުފައެވެ. ނަމަވެސް އެކަމާ ގުޅިގެން ސާރާ އަދި ސުޝާންތު ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

"ވީރޭ ދި ވެޑިން" ގެ ބަތަލާ ކަރީނާ ބުނެފައި ވަނީ އަބަދުވެސް އޭނާއަށް ސައިފްގެ ދެ ދަރިންގެ ރަހުމަތްތެރިއަކަށް ވެވޭނެ ކަމަށާއި ނަމަވެސް އެކުދިންގެ މަންމައަކަށް ނުވެވޭނެ ކަމަށް ސައިފް ކައިރީގައި އަބަދުވެސް ބުނާ ކަމަށެވެ.

އެކުދިންގެ މަންމަ އަމްރީތާއަކީ އެ ކުދިން ވަރަށް ފުރިހަމައަށް ބަލާބޮޑުކޮށްފައިވާ މަންމައެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ސައިފްގެ ދަރިން ދެކެ ކަރީނާ ވަރަށް ލޯބިވާ ކަމަށާއި އެކުދިންނަށް ކަރީނާގެ ފަރާތުން އެއްވެސް ކަމެއް ބޭނުންވެއްޖެ ހިނދެއްގައި އަދި ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އެޑްވައިސްއެއް ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެ ކުދިންނާ އެކު ކަރީނާ ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް