Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 14:17
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީނުގެ ޝަރީއަތް
ރައީސް ޔާމީނުގެ ޝަރީއަތް ސިއްރުކޮށްގެން ގެންދަން އުޅޭ ވާހަކަ ޕީޖީ އޮފީހުން ދޮގުކޮށްފި
ޝަރީއަތް ނިމެންދެން ޔާމީން ވަނީ ބަންދުކޮށްފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ސިއްރުކުރުމަށް އެދިފައިނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ. 

އަންގާރަ ދުވަހު ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަައިވާ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައި ނުވާނެ ކަމަށާއި، އެޝަރީޢަތް ކުރިއަށް ދާނީ ޢާންމުކޮށް ހުޅުވައިލެވިގެން ކަމަށެވެ. 

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ، ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުން ކުރިއަށް ގެންދިއުމަށް އެ އޮފީހުން މަސައްކަތްކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވަނިކޮށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، އެ މައްސަލައިގެ ޝަރީއަތްތައް އެ މަނިކުފާނު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނު ވަނީ މާފުށި ރިމާންޑް ޖަލުގައި ހައްޔަރުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް