Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 10:15
ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ފަނޑިޔާރުގެ އިސްލާހުކުރުން
މިނިވަން ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމު ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގަންނަވައިފި
ފަނޑިޔާރު ގެއަކީ އިންސާފުވެރި ތަނަކަށް ހެދުމަށް ގޮވާލެއްވި

މިނިވަން، ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމު ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. 

އަންގާރަ ދުވަހު ދަރުބާރުގޭގައި "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ގެ ނަމުގައި ބޭއްވި ކޮންފަރެންސް ފެށުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިން ކަމަށް ވުމާއެކު، އެކަމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށާއި، މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު، އަދުލު އިންސާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ފައިސަލް އިތުރަށް ވިދާޅުވީ، ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ޤާނޫނު އަސާސީން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ކަމަށާއި، ޝަރުޢީ ދާއިރާ ހަރުދަނާކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންސާފު ޤާއިމުކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަން ކުރަންޖެހޭ ފަރާތަކީ އެއީ ކަމަށެވެ.

އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ، އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ނައިބްރައީސް ވިދާޅުވެފައިވެއެވެ. 

ނައިބު ރައީސް އެހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ތާއިދު ކުރައްވައި، އެކަން ކުރެއްވުމަށް ސަރުކާރު އެއްބާރުލުން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް