ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 06:03
ޓޯޓަލް ދަމާލް ރިލީޒް ކުރާނީ އަންނަ ހުކުރުގައި
ޓޯޓަލް ދަމާލް ރިލީޒް ކުރާނީ އަންނަ ހުކުރުގައި
ޓްވިޓަރ
ޓޯޓަލް ދަމާލް
ޓޯޓަލް ދަމާލް ޕާކިސްތާނުގައި ނާޅުވަން ނިންމައި، މަރުވި ފުލުހުންގެ އާއިލާތަކަށް ބޮޑު އެހީއެއް
މަރުވި 40 މީހުން އާއިލާތަކަށް ފަންސާސްލައްކަ ރުޕީސް ހަދިޔާ ކުރާނެ

މިމަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ އަޖޭގެ ކޮމެޑީ ފިލްމު ޓޯޓަލް ދަމާލު ޕާކިސްތާނުގައި ނާޅުވާގޮތަށް ނިންމައިފިއެވެ.

ޓޯތަލް ދަމާލުގެ ޓީމުން އެކަން އެގޮތަށް ނިންމީ ކަޝްމީރުގެ އިންޑިއާއާވީ ފަޅީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 40 މީހުން މަރާލި ހާދިސާއާއި ގުޅިގެންނެވެ. އިންޑިއާއިން ދަނީ އެ ހަމަލާގެ ފަހަތުގައި ޕާކިސްތާން އޮތްކަމުގެ ސާބިތު ހެކި ހުރި ކަމަށް ބުނަމުންނެވެ.

ހޯމަ ދުވަހު އަޖޭ ބުނެފައިވަނީ، އެ ބިރުވެރި ހާދިސާގައި މަރުވި 40 މީހުން އާއިލާތަކަށް ފަންސާސްލައްކަ ރުޕީސް ހަދިޔާ ކުރުމަށް ޓޯޓަލް ދަމާލްގެ ޓީމުން ނިންމާފައިވާކަމަށެވެ.

އަޖޭ އަކީ މި ހަމަލާ އެންމެ ފުރަތަމަ ކުއްވެރިކުރި ބޮލީވުޑްގެ މަޝްހޫރު މަދު ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ބުރާސްފަތި ދުވަހު ދިން ޖާނުން ފިދާވުމުގެ ބޮމުގެ އެ ހަމަލާއަކީ އެ ސަރަހައްދުގައި އިންޑިއާގެ ފައުޖުތަކަށް އަމާޒުކޮށް ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައިވެސް ދެވުނު އެންމެ ގެއްލުން ބޮޑު ހަަމަލާއެވެ. މި ހަމަލާގައި 40 ފުލުހުން މަރުވެ އިތުރު 5 މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

އިންދްރަ ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމް ޓޯޓަލް ދަމާލް ގައި އަޖޭގެ އިތުރުން، މާދުރީ ޑިކްސިޓް، އަރްޝަދް ވާރސީ، ޖާވިދް ޖެފްރީ، އަނިލް ކަޕޫރު އަދި ރިތޭޝް ދޭޝްމުކް ހަރަކާތްތެރިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް