ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 06:02
އަޖޭއާއި އޭނާގެ އާއިލާ
އަޖޭއާއި އޭނާގެ އާއިލާ
ޓައިމްސް އޮފް އިންޑިއާ
ެއަޖޭ ދޭވްގަން
އަޖޭގެ ދަރިންނަށް އެންމެ ކަމުދަނީ އޭނާގެ ކޮމެޑީ ފިލްމުތައް
މީހުން ހެއްވާލާގޮތަށް އެކްޓްކުރުމަކީ ވަރަށް މުހިއްމު ހުނަރެއްކަމަށް އަޖޭ ބުނި

ފިލްމީ ތަރި އަޖޭ ދޭވްގަންގެ ދަރިންކަމުގައިވާ ނީސާ އާއި ޔުގްއަށް އެއްމެ ކަމުދަނީ އޭނާގެ ކޮމެޑީ ފިލްމުތައް ކަމަށް އަޖޭ ބުނެފިއެވެ.

މަޝްހޫރު އެކްޝަން ފިލްމުތަކާއި، ލޯބީގެ އެތައް ފިލްމެއް ކުޅެފައިވާ އަޖޭ ދާދިފަހުން ބުނީ، ޓޯޓަލް ދަމާލް ވެސް އެކުދިންނަށް ވަރަށް ކަމުދާނެކަމަށެވެ.

އަޖޭ ބުނިގޮތުގައި ކުޅެފައިވާ ފިލްމުތައް އެއްފަހަރު ނޫނީ އޭނާވެސް ނުބަލާ ކަމަށާއި އެކަމަކު މަޖާ ބައެއް ފިލްމުތައް އެއްފަހަރަށްވުރެ ގިނައިން ބެލިފައި ހުންނާނެކަމަށެވެ.އެގޮތުން ގޯލްމާލާއި ދަމަލްގެ ނަން އޭނާ ވަކިން ފާހަގަކުރިއެވެ.

"ބައެއް މީހުންދެކޭގޮތުގައި މަޖަ ފިލްމުތަކަކީ އެއްވެސް އެއްޗެއްނޫން. އެކަމަކު އެފަދަ ފިލްމްތައްވެސް އުފައްދަން ވަރަށް ހުނަރުބޭނުންވޭ" އަޖޭ ބުންޏެވެ.

އަޖޭ ބުނިގޮތުގައި އެފަދަ ފިލްމުތައް އުފެއްދުމަކީ ވެސް އަދި މީހުން ހެއްވާލާ ގޮތަށް އެކްޓްކުރުމަކީ ވަރަށް މުހިއްމު ހުނަރެކެވެ. އަދި މީހުން ހެއްވާ ލުމަކީވެސް ޚާއްސަ ހުނަރެއްކަމަށެވެ. އަދި ކޮމޭޑިއަނުންނަކީ ވަރަށް ވަރުގަދަ ހުނަރެއް ލިބިފައިވާ ވަރަށް މަޝްހޫރު ބައެއްކަމަށް އަޖޭ ބުނެފައިވެއެެވެ.

އަޖޭ އެންމެ ފަހުގެ ކޮމެޑީ ފިލްމު ކަމުގައިވާ ޓޯޓަލް ދަމާލްއަކީ ވަރަށް މަޖާ ފިލްމަކަށް ވާނެކަމަށް އަޖޭ ވަނީ ބުނެފައެެވެ. މާދުރީ ޑިކްސިޓް އަދި އަނިލްކަޕޫރާއި ބޮމަން އިރާނީވެސް އެކްޓްކޮށްފައިވާ އަޖޭގެ ޓޯޓަލް ދާމާލު ނުކުންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ ފިލްމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

 

 

- ކޮމެންޓް