ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 17:23
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަންގަނާގެ ''މަނިކަރްނިކާ'' 100 ކްރޯޑް ކްލަބަށް ވަދެއްޖެ
މި ފިލްމަކީ ކަންގަނާ ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފިލްމް

ކަންގަނާ ރަނައުތް ލީޑް ރޯލު ކުޅެފައިވާ ފިލްމް "މަނިކަރްނިކާ" ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަދެއްޖެއެވެ.

އިންޑިއާގެ ރިޕަބްލިކް ޑޭގައި ރިލީޒް ކުރި "މަނިކަރްނިކާ" 100 ކްރޯޑް ކްލަބަށް ވަދެފައި މި ވަނީ ފިލްމް ރިލީޒް ކުރިތާ ފަސް ހަފްތާގެ ތެރޭގައެވެ. އަދި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީއާ އެކު ލިބިފައިވާ އާމްދަނީ ވަނީ 150 ކްރޯޑަށް އަރާފައެވެ.

މި ފލްމަކީ ކަންގަނާ ޑައިރެކްޓް ކޮށްފައިވާ ފުރަތަމަ ފިލްމެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނެފައި ވަނީ "މަނިކަރްނިކާ" 100 ކްރޯޑް ކްލަބަށް ވަނުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާގެ ފުރަތަމަ ޑައިރެކްޝަނަށް މިހާ ބޮޑު އާމްދަނީއެއް ލިބުމުން މި ފިލްމް ވަރަށް ޚާއްސަ ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.75 ކްރޯޑް ރުޕީސްއެވެ. ޖެހިގެން އައި ދުވަސްތަކުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން ފަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ 50 ކްރޯޑަށް އަރާފައެވެ.

"މަނިކަރްނިކާ" ވަނީ އިންޑިއާގެ 3000 ސްކްރީނެއްގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 700 ސްކްރީނެއްގައި ރިލީޒް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް