Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 00:40
މާލޭގައި ހަދަމުން ދިޔަ އިމާރާތެއް
މާލޭގައި ހަދަމުން ދިޔަ އިމާރާތެއް
އަޝްވާ ފަހީމް
އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހުން
އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހި އެއްދުވަސް ތެރޭގައި ބިރުވެރި 2 ހާދިސާ، އެކަކުު މަރުވެއްޖެެ
މަރުވެފައިވަނީ 44 އަހަރުގެ ބަނގްލަދޭޝް ރައްޔިތެއް

އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހި އެކަކަށް އަނިޔާތަކެއް ލިބި، ދެ ވަނަ މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ގަލެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވީ 44 އަހަރުގެ ބިދޭސީއެކެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ 5 ވަނަ ފަންގިފިލާއިން ގަލެއް ވެއްޓި ޖެހުމުގެ ސަބަބުން މީހަކު އެ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައިކަމަށެވެ. އަދި އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. 

"ރާއްޖެއެމްވީ" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުޅުމާލޭގައި ހިނގި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 19:50 ހާއިރު ކަމަށެވެ. އަދި އޭނާއަކީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. 

އޭގެ އިތުރުން ގަލޮޅުގައި ހުންނަ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ކަޓިންގ ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އެކަން ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 23:34 ހާއިރު ކަމަށެވެ. 

ފަހަކަށް އައިސް އިމާރާތް ތަކުން އަޅަންޖެެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އަޅާފައި ނުހުންނަ ކަމުގެ ޝަކުވާއާއި މަގުމަތީގައި ހިނގާ މީހުންނަށް އެފަދަ ހާދިސާތައް ކުރިމަތިވާ ކަމުގެ ޝަކުވާ އިތުރުވެފައިވާއިރު، ދާދި ފަހުންވެސް ވަނީ މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ރައުޝަން ޖިއާން ނަމަކަށް ކިޔާ އަންހެން ކުއްޖަކު ނިޔާވެފައެވެ. 

އެފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވުމާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އާ ފިޔަވަޅުތައް އަޅައި، ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް ދާދިފަހުން ވަނީ އަމަލުކުރަން ފަށާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް