ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 00:45
ސުހާނާ ޚާން އާއިލާ އާއި އެކު
ސުހާނާ ޚާން އާއިލާ އާއި އެކު
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
ޝާހުރުކް ވަނީ ސުހާނާ އެކްޓް ކުރަން ބޭނުންވާ ކަމަށް ބުނެފައި

ޝާހުރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވަނީ އޭނާ ޑޭޓް ކުރަން ބެނުންވާ އެކްޓަރ ގެ ނަން ހާމަ ކޮށްފައެވެ.

ދާދިފަހުން އިންސްޓަގްރާމް ޗެޓް ސެޝަންގައި އޭނާގެ ފޭނަކު ޑޭޓް ކުރަން ބޭނުންވާ ތަރިއަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ސުހާނާ ވަނީ ސައުތު ކޮރެއަން ސިންގަރ، ސޯންގް ރައިޓަރ އަދި އެކްޓަރ ސޫހޯ ގެ ފޮޓޯއާއި އެކު އޭނާ ކަމަށް ބުނެފައެވެ.

ސޫހޯގެ އަސްލު ނަމަކީ ކިމް ޖުން މައިއުން އެވެ. އޭނާ އަކީ ބޯއީ ބޭންޑް އެކްސޯގެ ލީޑް ސިންގާރ އެވެ.

ސުޚާނާ ވަނީ ލަންޑަންގައި ބޭއްވި ކޮންސެޓެއްގައި ރޯމިއޯ އެންޑް ޖޫލިއަޓްގް ރޯލް ކުޅެފައެވެ. ޝާހުރުކް ވަނީ ސުޚާނާގެ އެ ފާރފޯމަންސް ބެލުމަށްޓަކައި ލަންޑަނަށް ގޮސްފައެވެ. އަދި އެ ފޮޓޯތައް ވަނީ އިންސްޓާގްރާމްގައި ހިއްސާކޮށްފައެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޝާހުރުކް ވަނީ ސުހާނާ އެކްޓް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް ފިލްމް ކުޅެވޭނީ ކިޔެވުން ފުރިހަމަކުރުމަށްފަހު ކަމަށާއި އެކްޓް ކުރަން ބޭނުންވާނަމަ އަދި ތިނެއް ނުވަތަ ހަތަރު އަހަރު އެކްޓިން ދަސްކުރަން ޖެހޭ ކަމަށް ޝާހުރުކް ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 21:14
އިރުޝާން
އަދި މަހުރިކަން ނޭނގިގެން އެއޮޮޮޮޮޅެނު. މިކޮމެންޓް އަދި ނުޖަހައްޔޭ. މައް އޮޅޭން އުނދަގުވާޅެ ތީގެން މީހަކު ފުލު ޖައްސާފުވާ ހަހަހަހަހަހ...