ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 12:18
ޕްރިޔަންކާ ޗޮޕްރާ
ޕްރިޔަންކާ ޗޮޕްރާ
ވީޑިއޯ ސްކްރީން ޝޮޓް
ޕްރިޔަންކާ ޗޮޕްރާާ
ޕްރިޔަންކާ އިނީ ބަލިވެ؟
ޕްރިޔަންކާއާއި ނިކް ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ ގައި

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކޮށްފައިވާ ފިލްމީތަރި ޕްރިޔަންކާ ޗޮޕްރާ އާއި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް ގެ އަލަތު ދަރިޔަށް މަރުހަބާ ކިޔަން އުޅޭ ވާހަކަތައް ގަދަވެއްޖެއެވެ.

ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެ ޚަބަރު އަރަމުންދާއިރު ޕްރިޔަންކާ އިނީ ބަލިވެކަމަށް ބުނާ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް އޭނާގެ ބަނޑު ބޮޑުކަމަށް ފެންނަ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކައިވެންޏަށް ފަހު ކުޑަ ބްރޭކެއް ނެގުމަށް ފަހު ޕްރިޔަންކާ ދަނީ އޭނާގެ އެންމެ ފަހުގެ  ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް"  ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 ދަރިއެއް ހޯދުމާއި ބެހޭގޮތުން  ޕްރިޔަންކާ ދާދި ފަހުން ބުނީ  ވަގުތު އައިސްޖެހުމުން ދަރިއެއް ހޯދާނެ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން ދަރިއެއް ހޯދުމަށް ނުވިސްނާ ކަމަށާއި އެންމެ ރަނގަޅު ވަގުތު އައިސް ޖެހުމުން ދަރިއަކު ހޯދާނެ ކަމަށެވެ.

ޕްރިޔަންކާ ޗޮޕްރާ އާއި ނިކް ޖޯނަސް 

 ޕްރިޔަންކާގެ ގާތް މީހަކާ ހަވާލާދީ ޚަބަރުތައް ފެތުރިފައިވާ ގޮތުގައި ޕްރިޔަންކާގެ އަލަތު ދަރި މިއަހަރުގެ ތެރޭގައި ލިބޭނެއެވެ.

މިދިޔަ ޑިސެމްބަރު މަހު ކައިވެނިކޮށްފައިވާ އުމުރުން 35 އަހަރުގެ ޕްރިޔަންކާއާއި ނިކް، 25، ރަށްޓެހިވެގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ފެތުރިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
19 ފެބްރުއަރީ 2019 | އަންގާރަ 07:46
2ހޖު
ނިކުވެސް މި އިނީ ބޮޑު މުސްކުޅިޔަކާ ދޯ؟؟ ނުގުޅޭ ޖޯޑެއް ތީ...!!