Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 12:47
އެމްޑީޕީގެ ސަޕޯރޓަރުންތަކެއް
އެމްޑީޕީގެ ސަޕޯރޓަރުންތަކެއް
މުހައްމަދު ޝަރުހާން
އެޖެންޑާ 19
އެޖެންޑާ 19 ގެ އިންސާފުގެ ހިނގާލުން އަންގާރަ ދުވަހު ހަވީރު!
ހިނގާލުން ފެށޭނީ އަންގާރަ ދުވަހު 4:00 ގައި
ހިނގާލުން ފެށޭނީ ހަރުގެ ކުރިމަތިން

އެމްޑީޕީގެ ވަރަށް ޚާއްސަ ހިނގާލުމެއް އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19ގެ "އިންސާފުގެ ހިނގާލުން" ނަމުގައި ބާއްވާ މި ހިނގާލުން އޮންނާނީ އަންގާރަ ދުވަހު ކަމަށާއި، މި ހިނގާލުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. 

" އަންގާރަ ދުވަހު މި ހިނގާލުން ފެށޭނީ 4:15 އިން ހަރުގެ ކުރިމަތިން. ހިނގާލުން ކުރިއަށްދާނީ މަޖީދީ މަގުުގައި. މީ އަޅުގަނޑުމެން އެޖެންޑާ 19 އިންސާފުގެ ސިޔާސަތުތައް ލޯންޗު ކުރުމުގެ ހިނގާލުން. އަދި މި ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ މެމްބަރުންނާއި، އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ ބޭފުޅުންނާއި، އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެން ހުށައަޅާ ކަންތައްތަކަށް އެއްބާރުލުން ދެއްވާ އަޅުގަނޑުމެންނަށް ސަޕޯޓު ކުރައްވާ ބޭފުޅުން މި ހިނގާލުމުގައި ބައިވެރިވުން" އަފްޝަން ވިދާޅުވިއެވެ. 

އޭގެ އިތުރުން އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަން ހޯމަ ދުވަހުގެ ރޭ 9:00 ގައި އިސްލާމިކް ޔުނިވާރސިޓީގެ ހޯލުގައި އޮންނާނެ ކަމަށާއި، އެ ޕެނަލްގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު ހިސާން ހުސައިންއާއި، ލ.ފޮނަދޫ އެމްޑީޕީ ކެނޑިޑޭޓު މޫސާ ސިރާޖުގެ އިތުރުން ޤާނޫނީ ވަކީލު ހުސްނުއްސުއޫދުވެސް ބައިވެރިވެލައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. 

އެރޭގެ ޕެނަލްގައި ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި، ޕަބްލިކް ޑިޕެންޑަރސް އޮފީސް ޤާއިމުކުުރުމާ ގުޅޭގޮތުން އެމްޑީޕީން ހުށައަޅާ ސިޔާސަތު ތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވީހާ ވެސް ގިނަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ޕެނަލްގައި ބައިވެރިވުމަށް އެ ޕާޓީން އެދިފައިވެއެވެ.  

އަފްޝަން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީން އަދާލާތާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ. އަދި އޭގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިިއެވެ. 

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. ހަ ދާއިރާއެއްގެ ގޮނޑި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އަދާލަތަށް ދިނުމަށް އެމްޑީޕީން ވަނީ ދާދިފަހުން މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ގިނަ ކެނޑިޑޭޓުން ގޮނޑި ދޫކޮށްލަން ބޭނުންނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް