ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 08:47
ނަވްޖޫތް ސިންހް ސިއްދޫ
ނަވްޖޫތް ސިންހް ސިއްދޫ
އިންޑިއަން އެކްސްޕްރެސް
ދަ ކަޕީލް ޝަރްމާ ޝޯ
މުޅި ޕާކިސްތާން ކުށްވެރި ނުކޮށްގެން ކަޕީލް ޝަރްމާ ޝޯއިން، ސިއްދޫ ވަކިކޮށްފި
އޭނާގެ ބަދަލުގައި ފެންނާނީ އަރްޗަނާ

އިންޑިއާގެ ސޮނީ އެންޓަޓެއިންމެންޓްއިން ދައްކަމުން އަންނަ ކޮމެޑީ ސީރީސް، ''ދަ ކަފީލް ޝަރްމާ ޝޯ''ގެ ދާއިމީ ގެސްޓް، ނަވްޖޫތް ސިންހް ސިއްދޫ އެ ޕްރޮގްރާމްއިން ވަކިކޮށްފިއެވެ.  

ޕަންޖާބް ސްޓޭޓްގެ ކެބިނެޓް މިނިސްޓަރުގެ މަގާމުވެސް އަދާކުރަމުންދާ ސިއްދޫ އެ ޕްރޮގްރާމްއިން ވަކިކޮށްފައިވަނީ، ބުރާސްފަތި ދުވަހު ކަޝްމީރުގެ ޕުލްވަމާ ޑިސްޓްރިކްޓްގައި ޕާކިސްތާނުން އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި އިންޑިއާގެ 46 ޕެރަމިލިޓަރީ ސިފައިން ވަނީ މަރުވެފައެވެ.

އެކަމާއި ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ސިއްދޫ ދިން އިންޓަވިއުއެއްގައި ބުނީ ވަކި ފަރުދުންތަކެއް ކުރާ ކަމަކުން މުޅި ޕާކިސްތާނަށް އިނގިލި ދިއްކުރަން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި އިިނގިލި ދިއްކުރަން  ޖެހޭނީ ސީދާ އެކަން ކުރި މީހުންނަށް ކަމަށެވެ.

ސިއްދޫގެ ބަސްމަގު ގިނަ ބަޔަކަށް ކަމުނުދިޔައެވެ. އެގޮތުން ޓްވިޓާގައި ބައެއް މީހުން ގޮވަމުން ދިޔައީ އޭނާ އެ ޝޯ އިން ވަކިކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އެ ޝޯ ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު އެމީހުން ވަނީ ދީފައެވެ.  

 ސިއްދޫގެ ބަދަލުގައި ޝޯ އިން ފެނިގެން ދާނީ އަރްޗަނާ ޕުރަން ސިންހް އެވެ.  

ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސިއްދޫ ކަޕީލް ޝަރްމާ ޝޯއާ ގުޅިފައި ވަނީ އެ 2013  ވަނަ އަހަރުއެވެ. އޭރު އެ ޝޯ ހިންގަމުން ދިޔައީ ކޮމެޑީ ނައިޓްސް ވިތް ކަޕީލް ޝަރްމާގެ ނަމުގައެވެ.

- ކޮމެންޓް