ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 03:47
ޖެނިފަރ އެނިސްޓަން އާއި ކޯޓްނީ ކޮކްސް
ޖެނިފަރ އެނިސްޓަން އާއި ކޯޓްނީ ކޮކްސް
ގެޓީ އިމޭޖަސް
ޖެނިފަރ އެނިސްޓަން
ފްރެންޑްސްގެ ތަރިން ޖެނިފަރ އެނިސްޓަން އާއި ކޯޓްނީ ދަތުރުކުރަމުން ދިޔަ ޖެޓަށް މައްސަލައެއް ޖެހި އެމަޖެންސީ ލޭންޑް ކޮށްފި
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު

އެމެރިކާގެ މަޝްހޫރު ޓީވީ ސިޓްކޮމެއްކަމަށްވާ 'ފްރެންޑްސް'ގެ ދެ ތަރިން ދަތުރު ކުރަމުން ދިޔަ ޕްރައިވެޓް ޖެޓަށް މައްސަލައެއް ދިމާވެ، އެމަޖެންސީ ލޭންޑްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހެވެ.

'ފްރެންޑްސް'ގައި ރޭޗަލް ގްރީންގެ ރޯލް ކުޅޭ ޖެނިފަރ އެނިސްޓަން އާއި މޮނިކާ ގެލަރގެ ރޯލުން ފެންނަ ކޯޓްނީ ކޮކްސް މެކްސިކޯގެ ކާބޯއަށް ދަތުރު ކުރަމުން ދިޔައީ ޖެނިފަރގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ. އަދި އެ މީހުންނާ އެކު ޕްރައިވެޓް ޖެޓްގައި އިތުރު ދެ ރަށްޓެހިންވެސް ތިއްބެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެ މީހުން ދަތުރު ކުރި ޖެޓަށް ނައްޓާލުމަށްފަހު ދިމާވި މައްސަލައެއްގެ ސަބަބުން އަނބުރާލަން ޖެހި، އެމަޖެންސީ ލޭންޑް ކުރަން ޖެހުނެވެ.

އެމެރިކާގެ ފެޑަރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)ގެ އޮފިޝަލެއް ބުނެފައިވާ ގޮތުގައި ޖެޓް ލޮސް އެންޖަލެސް އިންޓަނެޝަނަލް އެއާޕޯޓް (އެލްއޭއެކްސް)އިން "ނައްޓާލި ވަގުތު ޓެއިލް N729TYގެ ފުރޮޅެއް ނެއްޓުނީ"އެެވެ. އަދި އެއްވެސް މައްސަލައެއް ނުޖެހި އެލްއޭއެކްސްއާ 60 މޭލު ދުރުގައި ހުންނަ އޮންޓޭރިއޯގެ އެއާޕޯޓްގައި ޖައްސާފައިވާކަމަށް އޮފިޝަލް ބުނެފައިވެއެވެ.

އެ ޖެޓް އޮންޓޭރިއޯ އެއާޕޯޓްގައި ޖެއްސީ، ތެޔޮ މަދު ކުރަން ތިން ގަޑި އިރު އުދުހުމަށްފަހު އެވެ.

ޕްރައިވެޓް ޖެޓަށް ދިމާވި މައްސަލައަށް ފަހު، އެހެން ފްލައިޓަކަށް ބަދަލުވުމަށްފަހު ޖެނިފަރއާއި ރަށްޓެހިން ވަނީ ކާބޯއަށް ދަތުރުކޮށްފައެވެ.

ޖެނިފަރ އެނިސްޓަންގެ އުފަންދުވަހަކީ ފެބްރުއަރީ 11 ގައެވެ. އަދި އެ ދުވަސް ފާހަގަކުރުމަށް ބޮޑު ޕާޓީއެއް ބާއްވާފައިވާއިރު، ހޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ޕާޓީއަށް ގޮސްފައެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ފިރިމީހާ، މަޝްހޫރު ފިލްމީތަރި ބްރެޑް ޕިޓް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް