ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 18:19
ހުރެވެނީ ޕްރޮމޯޓް ކުރުމަށް ބޭނުންކުރަމުންދާ ޕޯސްޓަރެއް
ހުރެވެނީ ޕްރޮމޯޓް ކުރުމަށް ބޭނުންކުރަމުންދާ ޕޯސްޓަރެއް
މުހައްމަދު ޝަރުހާން
ހުރެވެނީ
ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
ސިމްބޮލިކް ރިކޯޑްސްއިން ބުނަނީ ވަރަށް އަވަހަށް އެހުންތެރިންނަށް 'ހުރެވެނީ' ގެނެސްދޭނެ ކަމަށް

ރާއްޖޭގެ އެންމެ ބޮޑު މިއުޒިކް ލޭބަލް، ސިމްބޮލިކް ރިކޯޑްސް އިން ފަހަކަށް އައިސް ދަނީ "ހުރެވެނީ" އެއްގެ ވާހަކަ ދައްކަމުންނެވެ.

"ހުރެވެނީ" އަކީ ކޯއްޗެއްކަން އެ ލޭބަލްއިން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އެ ލޭބަލްއަށް ނިސްބަތްވާ ބައެއް ފަންނާނުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކުން މިއީ އައު ލަވައެއްގެ ވާހަކަ ކަމަށް ޤަބޫލުކުރެވެއެވެ.

"ހުރެވެނީ" އާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން ސިމްބޮލިކް ރިކޯޑްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުޙައްމަދު (އޭޑީ) ބުނީ، 'ހުރެވެނީ' އަކީ ސިމްބޮލިކްގެ އައު އުފެއްދުމެއް ކަމަށާއި، ވަރަށް އަވަހަށް އެހުންތެރިންނާއި ހަމައަށް "ހުރެވެނީ" ގެނެސްދޭނެ ކަމަށެވެ.

"ހުރެވެނީ އަކީ އާ ޕްރޮޑަކްޓެއް. ސިމްބޮލިކްގެ އެހެން ޕްރޮޑަކްޓްތަކާ ތަފާތުވާނެ. އެހުންތެރިންނަށް ކަމުދާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބޮތް"، އޭޑީ ބުނެޏެވެ.

އޭޑީ އިތުރަށް ބުނީ ހުރެވެނީ އަކީ ކޯއްޗެއްކަން ހާމަކުރަން އަދި ބޭނުން ނުވާ ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެހުންތެރިންގެ އަތްމައްޗަށް "ހުރެވެނީ" ދޫކޮށްލާނެ ކަމަށެވެ.

ސިމްބޮލިކުން އެހުންތެރިންނަށް އައު ޕްރޮޑަކްޓެއް ގެނެސްދިނުމަށް ތައްޔާރުވަމުންދާއިރު، އެ ލޭބަލްއިން ނިމިގެންދިޔަ އަހަރު ގެނެސްދިން އުފެއްދުންތަކަށް އެހުންތެރިންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން އެ ސިމްބޮލިކް ރިކޯޑްސްގެ ވީޑިއޯ ލަވަތަކަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ލޭބަލްއިން އޮކްޓޯބަރ މަހު ނެރުނު އަލްބަމް، 'މާރޯކާ' ވަނީ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމް، ލަވަފޮށީގައި ރިކޯޑްތައް ޤާއިމްކޮށްފައެވެ.  

ރެޕް އަދި ހިޕްހޮޕް މިއުޒިކަށް ޚާއްސަކޮށްގެން  ވަނަ އަހަރު އުފެއްދި ސިމްބޮލިކް ރިކޯޑްސްގެ ސްކޯޕް ފުޅާކޮށް، އެ ލޭބަލްއިން މިހާރު ދަނީ އެކި ޞާވަތުގެ މިއުޒިކާއި، ވީޑިއޯގްރަފީގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް