Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 12:28
މާލޭގެ މަގެއްގައި ފުލުހުން ސައިކަލްތަކެއް ހުއްޓުވައިގެން ސުވާލުކުރަނީ
މާލޭގެ މަގެއްގައި ފުލުހުން ސައިކަލްތަކެއް ހުއްޓުވައިގެން ސުވާލުކުރަނީ
އަޝްވާ ފަހީމް
ޓްރެފިކް ޤަވާއިދާ ހިލާފުވުން
ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
154 އުޅަނދު މާލޭގައި ހުއްޓުވާފައިވޭ
އޭގެ ތެރެއިން 134 ފަރާތެއް ޓްރެފިކް ޤަވާއިދާ ހިލާފުވެފައިވޭ

ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެކްޓިންގ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ 09:00 އަކުން ފެށިގެން ދަންވަރު 01:00 ޖެހުމާއި ހަމައަށް 154 އުޅަނދު މާލޭގައި ހުއްޓުވާފައިވާ ކަމަށާއި އޭގެ ތެރެއިން 134 ފަރާތެއް ޓްރެފިކް ޤަވާއިދާ ހިލާފުވެފައިވާ ކަމަށެވެ.

ޓްރެފިކް ޤަވާއިދާ ހިލާފުވެފައިވާ އުޅަނދުތަކުގެ ތެރެއިން 18 ސައިކަލު ޓޯ ކޮށްފައިވާއިރު 41 ފަރާތުން ލައިސެންސް ނެތި ސައިކަލު ދުއްވާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުތައް ޖޫރިމަނާކޮށް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ފުލުހުން ޓޯ ކުރެއެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހާއި ހަމައަށް ފުލުހުން ވަނީ މިހާތަނަށް ޖުމްލަ 166 އުޅަނދެއް ޓޯ ކޮށްފައެވެ. އޭގެ ތެރޭގައި 139 މޮޓޯ ސައިކަލް ހިމެނޭއިރު 17 ކާރު ހިމެނެއެވެ. އަދި 6 ވޭން އާއި އެއްލޮރީގެ އިތުރުން އެއްޕިކަޕް ފުލުހުން ޓޯ ކޮށްފައިވެއެވެ.

މީގެ އިތުރުން އެއް ބައިސްކަލާއި އެއް ބެޓަރި ސައިކަލު ފުލުހުން ޓޯ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 ފެބްރުއަރީ 2019 | ހުކުރު 10:47
އަހުރެން
އަހަރުމެން މިބުނަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެނީ ގާނޫނު ތަންފީޒުކުރާށޭ. އެހެންވީމާ އެކަން ނުކޮށް މުސާރަނަގައިގެން ކޮންކަމެއްހޭ ކުރަނީ.