Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 11:58
ފަނޑިޔާރުންނާއި ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ފަނޑިޔާރުންނާއި ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ކޯޓުތައް
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޑްރެސް ކޯޑް އާންމުކޮށްފި
3 މަސް ދުވަހުގެ ތެރޭގައި އަމަލުކުރަންޖެހޭނެ
ފިރިހެނުންގެ ކޯޑަކީ ކަޅު ކުލައިގެ ކޯޓު ފަޓުލޫން

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ހެނދުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އަޅަންވީ ގޮތް ބަޔާންކޮށް "ޑްރެސް ކޯޑް" އާންމުކޮށްފިއެވެ. 

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލެއް ޤާއިމުކޮށްފައިވާ ކަމަށާއި އެ އުސޫލަށް އަމަލުކުރަން ފަށައި ގިިނަވެގެން 3 މަސް ދުވަހުގެ ތެރޭގައި ދަށު ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުން ޝަރީއަތް ކުރައްވާއިރު ތިބެންވާނީ އެ އުސޫލުގައި ބަޔާންކޮށްފައިވާ ޑްރެސް ކޯޑުގައި ކަމަށެވެ. 

ފެބްރުއަރީ 14 ވަނަ ދުވަހު އަމަލުކުރަންފެށި އެ އުސޫލުގައިވާ ގޮތުން ފިރިހެނުންގެ ޑްރެސް ކޯޑަކީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނެވެ. އަދި އަންހެނުންގެ ޑްރެސް ކޯޑަކީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ނުވަތަ ކަޅު ކުލައިގެ ކޯޓާއި، ފައިގެ ކުޑަހުޅާ ހަމައަށް ހުންނަ ސްކާރޓެވެ. އެގޮތުން ޑްރެސް ކޯޑަށް ބޭނުންވާ ތަކެތި ހޯދުމަށްފަހު ކޯޓަށް ރަސީދު ހުށައެޅުމުން ކޮންމެ 2 އަހަރަކުން 1 އަހަަރު ގިނަވެގެން 6000 ރުފިޔާ އެ ފަނޑިޔާރަކަށް ދޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. 

ރާއްޖޭގެ ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިފެހެއްޓުމަށްޓަކައި 2006 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓްރީން ވަނީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި ވަކީލުން ކޯޓު ފަޓުލޫނު ލާ ގޮތަށް ހަމަަޖައްސާފައެވެ. ނަމަވެސް 2010 ވަނަ އަހަރު ތަސްދީޤުކުރި ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގ ދަށުން އެކުލަވާލެވުނު ޤަވާއިދުތަކުގައިވެސް ފަނޑިޔާރުން ހެނދުން އަޅަންވީ ގޮތުގެ އުސޫލެއް ނުވަތަ ޤަވާއިދެއް އެކުލަވާލެވިފައެއް ނުވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް