މިދިޔަ އަހަރުގެ ފެންބުއަރީ މަހު 24 ވނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ފުރަތަމަ ސުޕަރ ސްޓާރ ސްރީދޭވީ ގެ މަރަށް އެއް އަހަރު ފުރުން އާއިލާއިން ފާހަގަ ކޮށްފި އެވެ.
ސްރީދޭވީގެ މަރަށް އެއް އަހަރު ފުރުމާއި ގުޅުގެން ޕޫޖާ އެއް ބާއްވާފައިވަނީ ޗެންނާއީ ގައި ހުންނަ ސްރީދޭވީ ރެޒިޑެންސްގައެވެ.
ހިންދޫއިން ފާހަގަ ކުރާ ގޮތުން ސްރީދޭވީގެ މަރަށް އެއް އަހަރު ފުރިފައިވަނީ 14 ފެބްރުއަރީގައެވެ.
މި ޕޫޖާގައި އޭނާގެ ފިރިމީހާ ބޮނޭ ކަޕޫރާއި ޅިޔަނު އަނިލް ކަޕޫރު އަދި އަނިލް ގެ އަންހެނުން ސުނީތާ ވަނީ ބައިވެރިވެފައެވެ. ނަމަވެސް ފޮޓޯތަކުގައި ސްރީދޭވީގެ ދެ ދަރިން ކަމަށްވާ ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރު ފެނިފައެއް ނުވެއެވެ.
މި ޕޫޖާގައި ސައުތް އިންޑީއަން އެކްޓަރ އަރްޖިތް އާއި އޭނާގެ އަންހެނުން ޝާލިނީވެސް ވަނީ ބައިވެރިވެފައެވެ.
ސްރީދޭވީ މަރުވެފައިވަނީ އޭނާގެ ނެފިއު މޮހިތް މަރްވާގެ ކައިވެނީގެ ހަފްލާގައި ބައިވެރި ވުމަށް ޑުބާއީއަށް ގޮސް އުޅެނިކޮށެވެ.
ސްރީދޭވީގެ ކުއްލި މަރު ވެގެން ގޮސްފައިވަނީ މުޅި އިންޑިއާ އަށް ސިހުމެއް ގެނެސްދިން ކަމަކަށެވެ. ރަސްމީ އިއްޒަތުގައި ސްރީދޭވީގެ ޖަނާޒާ މުމްބާއީ ގައި ބާއްވާފައިވާއިރު ސްރީދޭވީގެ ޖަނާޒާއަށް އެތައްހާސް ބަޔަކު ވަނީ ސްރީދޭވީގެ މޫނު ބެލުމަށް ގޮސްފައެވެ.