Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 13:07
ބ.ތުޅާދޫ ރައްޔިތުން
ބ.ތުޅާދޫ ރައްޔިތުން
ރާއްޖެއެމްވީ
ތުޅާދޫ ސުކޫލް
ތުޅާދޫ ސުކޫލުގެ ޓީޗަރުންނާއި ފޮތްތައް ވަރަށް އަވަހަށް ހަމަޖެހޭނެ :ކައުންސިލް
ފޮތްތައް 2 ދުވަސްތެރޭ ލިބޭނެ

ބ.ތުޅާދޫ ސުކޫލުގެ ބައެއް ޓީޗަރުންނާއި ފޮތްތައް ހަމަނުވެގެން ބެލެނިވެރިން ކުރި ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. 

ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ، އެރަށު ގްރޭޑު 4،5 އަދި 6 އަށް ޓީޗަރުން ހަމަނުވުމުގެ ޝަކުވާ ބެލެނިވެރިން ކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަދައްކައި އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ލިބިފައިވާ ކަމަށެވެ. އެގޮތުން އެރަށަށް ޓީޗަރުން ހަމަޖެއްސުމަށް މިނިސްޓްރީން އެޖޭންސީތަކާ ވާހަކަ ދައްކަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. 

ބެލެނިވެރިން ކައުންސިލާ ބައްދަލުކުރުން 

ރަޝީދު ވިދާޅުވީ، މަދުވާ ޓެކްސް ފޮތްތައް ރަށަށް އަންނަ ދޯންޏަކަށް ލާފައިވާ ކަމަށާއި، ކުރިއަށް އޮތް 2 ދުވަސް ތެރޭގައި ފޮތްތައް ލިބޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވެފައިވާ ކަމަށާއި، އެކަންކަމާ ގުޅިގެން ގާތްގަނޑަކަށް 50 ބެލެނިވެރިން ކައުންސިލަށް އައިސް ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. 

އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ތުޅާދޫގެ ސުކޫލުގައި 340 ކުދިން ކިޔަވާއިރު، ގްރޭޑް 10 އާ ހަމައަށް އެ ސުކޫލުން ކިޔަވައިދެއެވެ. އެގޮތުން ކިޔަވައިދިނުމަށްޓަަކައި ބިދޭސީ 12 ޓީޗަރުން ތިބޭ އިރު، އެލްކޭޖީ އިން ފަަށައިގެން ގްރޭޑް 10 އަށް ކިޔަވައިދޭން ދިވެހި 31 ޓީޗަރުން ތިބޭ ކަމަށް ސުކޫލުން މައުލޫމާތު ދެއެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 ފެބްރުއަރީ 2019 | ބުރާސްފަތި 08:18
ތުޅާދޫ
އާބާދީ ކިހާވަރެއްކަން އިގޭބާ 2900 ކޮން 1500 އެއް ކޮންމެ ކަމެއްގަ އޮޅުވާލުމާ މަކަރު