ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 18:39
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫ
އުރީދޫގެ އަހަރީ އާންމު ޖަލްސާ
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާރޗް 3 ވަނަ ދުވަހު
އަހަރީ އާންމު ޖަލްސާ އޮންނާނީ 3 މާޗް 2019 ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ، 3 މާޗް 2019 ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.

އަހަރީ އާންމު ޖަލްސާގެ ތެރެއިން ޔައުމިއްޔާ ފާސްކުރުމާއި 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުމުގެ އިތުރުން އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން 2018 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުމަށް ވެސް ނިންމާފައި ވެއެވެ.

އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 21 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ކަމަށާއި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ލިބޭނީ ކޮންމެ އެޖެންޑާ އައިޓަމަކަށް 1 ވޯޓު ކަމަށް އުރީދޫ އިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަންކުރާ ނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށް ފަހު 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ހުށަހެޅުމަށް އުރީދޫ އިން ވަނީ އެދިފައެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރުވުމަށް ބޭނުންވާ ޙިއްޞާދާރުން (ޕްރީ-ރެޖިސްޓަރ ކޮށްފައިވާ ފަރާތައް ވެސް) އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (3 މާޗް 2019 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 7:30 އާއި 8:30 އާ ދެމެދު ދަރުބާރުގެ، ރަންނަބަނޑޭރި މާލަމަށް ހާޒިރުވެ ރެޖިސްޓަރކުރުމަށާއި ރެޖިސްޓަރ ކުރަން ދާއިރު ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބެދޭސީއެއް ނަމަ ޕާސްޕޯޓް ހިފައިގެން ދިއުމަށް ވެސް އުރީދޫ އިން ވަނީ އެދިފައެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިނުވެވޭނެއެވެ.

 

- ކޮމެންޓް