Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 15:00
ކިންގްސް ކޯނަރ ބަންދުކުރިކަމުގެ ނޯޓިސް
ކިންގްސް ކޯނަރ ބަންދުކުރިކަމުގެ ނޯޓިސް
މުހައްމަދު ޝަރުހާން
ކިންގްސް ކޯނަރ ބަންދުކުރުން
ސާފުތާހިރުކަން ނެތުމުގެ ސަބަބުން ކިންގްސް ކޯނަރ ބަންދުކޮށްފި
ހިދުމަތް ލިބިގަންނަ ފަރާތްތައް ސިއްހީ ނުރައްކަލުން ރައްކާތެރި ކުރުމަށް

މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ކިންގްސް ކޯނަރގެ ސާފުތާހިރުކަން އެކަށީގެންވާ މިންވަރަށް ނެތުމުގެ ސަބަބުން ބަންދުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ކިންގްސް ކޯނަރ މިއަދުން ފެށިގެން ބަންދުކުރީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ ހިލާފުވެފައި ވާތީ ކަމަށެވެ. އަދި ކިންގްސް ކޯނަރ ބަންދު ކުރީ އެ ރެސްޓޯރެންޓުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ކާބޯތަކެތީގެ ޒަރިޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުން ރައްކާތެރި ކުރުމަށް ކަމަށް ވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

ކިންގްސް ކޯނަރ ބަންދުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައިނުވާއިރު ސީގަލްގައި ހަރުކޮށްފައިވާ ނޯޓިސްގައިވާ ގޮތުގައި އެ ނޯޓިސް ހަރުކޮށްފައިވާ މުއްދަތުގެ ތެރޭގައި ކިންގްސް ކޯނަރ އިން ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާ ކަމެކެވެ.

ކިންގްސް ކޯނަރއަކީ ވަރަށް ގިނަ އާންމުން އެތަނުން ހިދުމަތް ހޯދަމުން އަންނަ ރެސްޓެންޓޯރެންޓެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިން ދޭތެރެ ދޭތެރެއިން ހިންގާ ތަފާތު އިންސްޕެކްޝަންގައި ފާހަގަކުރެވޭ ކަންކަން ބެލުމަށް ފަހު ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކޮށް އެކަންކަން އިސްލާހްކުރަން ފުރުސަތު ދެއެވެ. އަދި ރިޕޯޓްކުރުމުން ވެސް އެފަދަ މައްސަލަތައް ބަލަމުން ގެންދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް