Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 23:18
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ސްޓެލްކޯ
ސްޓެލްކޯ
ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު ސްޓެލްކޯއިން ދެނީ
އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު އެއް އަހަރަށް ސްޕޮންސަރ ކުރާނެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ކެއަރ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ސްޓެލްކޯ އޮފީހުގައި، ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުގްނީ ސޮއިކުރައްވާފައިވާއިރު ކެއަރ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއަރމަން ތަހާ ސަލީމެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު އެއް އަހަރަށް ސްޕޮންސަރ ކުރާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުގުނީ ވިދާޅުވީ ސްޓެލްކޯ އިން އަބަދުވެސް އިޖްތިމާއީ ކަންކަން ކުރިއަށް ގެންދިޔުމަށް ހިތްވަރުދޭ ކަމަށާއި އެފަދަ ހުރިހާ ކަމެއްގައި އިސްނެގުމަށް ސްޓެލްކޯ ތައްޔާރަށް އޮތް ކަމަށެވެ.

ކެއަރ ސޮސައިޓީ 1998 ވަނަ އަހަރު އުފައްދާފައިވާއިރު އެ ސޮސައިޓީގައި 421 މެމްބަރުން ހަރަކާތްތެރިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް