Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2019 | ހޮނިހިރު 19:17
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ
ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި
ޒިޔަތު ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރު
އޭނާގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ ދައުވާއެއް އުފުލާފައިވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހޮނިހިރު ދުވަހު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާގެ އޮފިސަރ އަހްމަދު ލުގްމާން ވިދާޅުވީ ޒިޔަތުގެ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ގޭ ބަންދަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ގޭ ބަންދަށް ބަދަލުކުރި ސަބަބެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިމިވަނީ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބާއި ޒިޔަތު ޖަލުގައި އެއް ޔުނިޓަކަށް ބަދަލުކުރިތާ ދެ ދުވަހެއްގެ ތެރޭގައެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޒިޔާތުގެ މައްޗަށް 30 ދައުވާއެއް ކޮށްފައި ވެއެވެ، އެއީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި 55 ރަށުގެ ތެރެއިން 30 ރަށުގެ މައްސަލައިގައެވެ. ޒިޔާތުގެ މައްޗަށް އެ 30 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 30 ދައުވާއެއް އުފުލާފައެވެ.

މިއީ މިފަހުގެ ތާރީހުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

އަދީބާއި ޒިޔާތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޒިޔަތު ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
9 ފެބްރުއަރީ 2019 | ހޮނިހިރު 20:43
ހިންދީ
އިންސާފަށް އެޅޭހުރަހެ