Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 22:05
އިންޑިއާއަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުއްވަނީ
އިންޑިއާއަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުއްވަނީ
ފޮރިން މިނިސްޓްރީ
ސަފީރުކަމުގެ ފަތްކޮޅު
އިންޑިއާއަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރު އިންޑިއާގެ ރައީސަށް ފަތްކޮޅު އަރުއްވައިފި
އާއިޝަތު އަކީ އިންޑިއާގައި ރާއްޖެ ތަމްސީލް ކުރެއްވުމަށް ކަނޑައެޅުއްވި 5 ވަނަ ސަފީރު

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރު އާއިޝަތު މުޙައްމަދު ދީދީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދްއަށް އަރުއްވައިފިއެވެ.

އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާ ގެ ރައީސްއަށް އެރުވީ ހުކުރު ދުވަހު އިންޑިއާގެ ރައީސްގެ ގަނޑުވަރު ކަމުގައިވާ "ރަޝްތްރަޕަތީ ބަވަން" ގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު އިންޑިއާ ގެ ރައީސް ކޯވިންދް، އެ ކަމަނާއާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރަށާއި ދިވެހިންނަށް ވެސް އުފާފާގަތިކަން ލިބުމަށް އެދޭކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ އިން ދެމުންގެންދާ ގިނަގުނަ އެހީތަކަށް ޝުކުރުއަދާ ކުރައްވައި، އެ ކަމަނާގެ ސަފީރުކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

އާއިޝަތު މުޙައްމަދު ދީދީ އަކީ 1 ނޮވެމްބަރު 1965 ގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމަށްފަހު، އިންޑިއާގައި ރާއްޖެ ތަމްސީލް ކުރެއްވުމަށް ކަނޑައެޅުއްވި 5 ވަނަ ސަފީރެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް