Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 13:01
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު
ދަ ވަޔަރ އިންޑިއާ
ރައްޔިތުންގެ މަޖިލިސް 2019
މީގެ 7 އަހަރުކުރިން ވީ ވައުދު ފުއްދައި އެނބުރި މި އައީ އުފާވެރި ޚަބަރަކާއެކު: ނަޝީދު
އެމްޑީޕީގެ ފިކުރާއި އަޒުމު ނުގުޑާނެ ކަމަށް ވިދާޅުވި
މަޖިލިސް 19 އަށް ވޯޓުދޭން ގޮވާލާފައިވޭ

މީގެ ހަތް އަހަރު ކުރިން އެނބުރި އަންނާނެ ކަމަށް އެމްޑީޕީން ވީ ވައުދު ފުއްދައި އެނބުރި އައިސްފައި ވަނީ ރައްޔިތުންނަށް އުފާވެރި ޚަބަރަކާއެކު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ހަތް އަހަރު ކުރިން އެމްޑީޕީން އެނބުރި އަންނާނެ ކަމަށް ވައުދުވެ އެޕާޓީގެ އަޒުމާއި ފިކުރު ރާއްޖެއިން ނުފޮހެވޭނެ ކަމަަށް ބުނި ބުނުމާ އެއްގޮތަށް އެނބުރި އައިސްފައި ވަނީ ރައްޔިތުންނަށް އުފާވެރި ޚަބަރަކާއެކު ކަމަށާއި، އެއީ މަޖިލިސް 19 ގެ އެޖެންޑާ ކަމަށެވެ. 

ނަޝީދުގެ ޓްވީޓުގައި ވަނީ މި ޤައުމު ސަލާމަތް ކުރުމަށް މަޖިލިސް 19 ގައި އެމްޑީޕީއަށް ވޯޓު ދެއްވުމަށް ގޮވާލާފައެވެ. 

އެމްޑިޕީން މަޖިލިސް 19 އަށް ހުށައަޅާފައިވާ އެޖެންޑާގައި ރައްޔިތުންނާ ގުޅުން ހުރި އެކި ދާއިރާތަކުން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާއިރު، މަޖިލީސް 19 ވެގެންދާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދައިދޭން ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ކުރިން ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ފެބްރުއަރީ 2019 | ބުރާސްފަތި 08:29
މހނމދ
ވިސްނުންފުޅާއި ހިތްވަރަށް ތަޢުރީފުކުރަމެވެ. ﷲސުބްޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއިއެކު، ތިއުންމީދުވެސް ޙާޞިލްވުންއެދެމެވެ