Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 13:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެމްއެންޑީއެފް
ކުރީގެ ރައީސް ޔާމީން
ރައީސް ޔާމީނުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލި ކަމަށް ބުނެ ފަތުުރަނީ ދޮގު ހަބަރެއް:އެމްއެންޑީއެފް
ސެކިއުރިޓީ އަދިވެސް އެމްއެންޑީއެފުން ބަލަހައްޓާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފުން ހުއްޓާލާފައިވާ ކަަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށާއި، އެމަނިކުފާނަށް މިހާރު ވެސް އެމްއެންޑީއެފުން ސެކިއުރިޓީ ދެމުންދާ ކަމަށެވެ. 

އެމްއެންޑީއެފުން އެހެން ބުނެފައިވާއިރު، ރައީސް ޔާމީންގެ ގެކޮޅަށް އެމްއެންޑީއެފުން ދެމުންއައި ސެކުއިރިޓީގެ ޚިދުމަތް އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ހުއްޓާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި އަޑުފަތުރާފައިވެއެވެ. 

ކުރީގެ ރައީސުންނަށް ރައްކާތެރިކަން ދޭ ގާނޫނުގެ ދަށުން ސެކިއުރިޓީ ހަމަޖައްސައިދޭން އެމްއެންޑީއެފްގެ މައްޗަށް އޮންނަނީ ލާޒިމްކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުރި މީހަކު ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެ މަގާމުން ވަކިވެއްޖެ ނަމަ، ދޭންޖެހޭ އިއްޒަތާއި ގަދަރާއި ރައްކާތެރިކަމާއި، މާލީ އިނާޔަތްތައް އެ ޤާނޫނުން ލާޒިމު ކޮށްފައިވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް