ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 13:22
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޓޭޓް އޮފް ޔޫނިއަންގެ ޙިތާބު ދެއްވަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޓޭޓް އޮފް ޔޫނިއަންގެ ޙިތާބު ދެއްވަނީ
ރޮއިޓަރސް
ސްޓޭޓް އޮފް ޔޫނިއަން
ސްޓޭޓް އޮފް ޔޫނިއަން ހިތާބު: ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި
ޓްރަމްޕްގެ ދެވަނަ ސްޓޭޓް އޮފް ޔޫނިއަންގައި ވާހަކަ ދެއްކެވީ ގަވިއިދާ ޙިލާފަށް އެމެރިކާއަށް މީހުން އެތެރެވާ މައްސަލައަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްޓޭޓް އޮފް ޔޫނިއަންގެ ހިތާބުގައި، ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީ.ސީގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ އެ ގައުމަށް ދިމާވެފައިވާ ކަންކަމުން އަރައިގަތުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.  

ޓްރަމްޕްގެ ވާހަކައިގައި ގަވައިދާ ޙިލާފަށް އެމެރިކާއަށް މީހުން އެތެރެވާ މައްސަލައަށް އަލިއަޅުއްވާ ލައްވަމުން ވިދާޅުވީ، އެމެރިކާގެ މުއްސަނދިންނާއި އާންމު ރައްޔިތުންނާއި ދެމެދު އެއްމެ ބޮޑު ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައަކީ ވެސް އެއީ ކަމަށެވެ. އަދި ފުދުންތެރި ސިޔާސީ މީހުން އާއްމު ރައްޔިތު މީހުންނާއި މެދު ނުވިސްނާ، އެ މީހުންގެ ބޮޑެތި ގެތަކާއި ފާރުތަކުގެ ނިޔަލުގައި އުޅޭ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވި އިރު، މެކްސިކޯއާއި އިންވެގެން އޮންނަ ސަރަހައްދީ ރޮނގުގައި ފާރެއް އަޅަން އުޅުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މި ފާރަކީ ކޮންމެހެން ބޭނުންވާ އެއްޗެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާ އިރު، ޑިމޮކްރެޓުން ވިދާޅުވަނީ އެއީ މުޅިން ކުރަން ބޭކާރު ހަރަދެއް ކަމަށެވެ.

ފާރަށް ބަޖެޓު ހަމަޖައްސައި ނުދީގެން އެމެރިކާގެ ސަރުކާރު އެތައް ދުވަހަކަށް ބަންދުކޮށްފައި ވެސް ވެއެވެ. ބަޖެޓުގެ މައްސަލައިގައި ވެވުނު ވަގުތީ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ އިރު، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަލުން ސަރުކާރުގެ އިދާރާތައް ބަންދުކުރަން ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް