Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 15:32
(ވ-ކ) މިނިސްޓަރު ޔުމްނާ އާއި ޒަހާ އަދި އާތިފާ
(ވ-ކ) މިނިސްޓަރު ޔުމްނާ އާއި ޒަހާ އަދި އާތިފާ
ރާއްޖެއެމްވީ
ޔުމްނާ މައުމޫން
މިނިސްޓަރު ޔުމްނާ އާއި ޒަހާ ވަހީދު އަދި އާތިފާ ޕީޕީއެމް އިން ވަކިވެވަޑައިގެންފި
ޕާޓީ ހިންގަނީ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާ ޚިލާފަށް

ޕީޕީއެމް ހިންގަމުން ދަނީ އެޕާޓީގެ ޤަވާއިދާ ޚިލާފަށް ކަމަށް ތުހުމަތު ކުރައްވައި އެޕާޓީން ވަކިވެވަޑައިގަތުމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާއި ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ސިޓީ ހުށައަޅުއްވައިފިއެވެ. 

އަންގާރަ ދުވަހު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮންޖެހުންތަކާ އެކުގައި ވެސް އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. މި ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި އެ ތިން ބޭފުޅުން އައްޔަންކުރެއްވި އިރު ވެސް ތިއްބެވީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައެވެ. 

ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް އެދި އެ ޕާޓީއަށް ހުށައެޅުއްވި ސިޓީގައި ޔުމްނާ ވިދާޅުވެފައި ވަނީ ޕީޕީއެމް މިހާރު ހިންގަމުންދަނީ އެޕާޓީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާ ޚިލާފަށް ކަމަށް ޤަބޫލުކުރެެއްވޭތީ ޕާޓީގައި އިތުރަށް ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި، އެޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޕީއެމްއިން ޔުމްނާ ވަކިވެވަޑައިގެންނެވި އިރު އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާ ޕީޕީއެމް ހަވާލުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. އަދި ރައީސް މައުމޫން އިސްވެ ހުންނަވައިގެން އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ފެބްރުއަރީ 2019 | އަންގާރަ 12:16
Ahamed Ali
ތީ މިހާރު ބޭނުންހިފޭނެ ބަޔެއްނޫން.