Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 12:23
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
ރައްޔިތުންގެ މަޖިލީހަށް އަދާލަތާ އެކު ވާދަކުރަން ނިންމައިފިން : އެމްޑީޕީ
ދާއިރާތަކުގެ ކެނޑިޑޭޓުން ބޭނުންނަމަ ގޮނޑި ދޫކުރެވޭނެ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން އެދިފައިވާ ގޮތަށް އެެޕާޓީއާއެކު މަސައްކަތް ކުރަން އެމްޑީޕީން ނިންމައިފިއެވެ. 

އަންގާރަ ދުވަހު މާރބަލް ހޮޓަލްގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތާއެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި، ނަމަވެސް މިވަގުތު އަދާަލަތު ޕާޓީއަށް ގޮނޑި ދޫކުރުމާ މެދު ޤައުމީ މަޖިލީހުން ގޮތެއް ނިންމެން ނެތް ކަމަށެވެ. 

ނަމަވެސް އެ ދާއިރާތަކުގެ ކެނޑިޑޭޓުންނަށް ގޮނޑި ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށާއި، ޕާޓީގެ މަސްލަހަތަށް އަބަދުވެސް ބަލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެމްޑީޕީގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދެ ޕާޓީން ވަނީ  އޭޕްރިލް މަހުގައި ބާއްވާ އިންތިހާބުގެ ގޮނޑިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި އަދާލަތު ޕާޓީން އެދިފައިވަނީ މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށް އެމްޑީޕީން ކުރިން މައުލޫމާތު ދީފައިވެއެވެ. 

އޭގެ އިތުރުން އަދާލަތު ޕާޓީން އެމްޑީޕީގެ ސިޔާސަތުތައް ވަރަށް ބޮޑަށް ޤަބޫލުކުރައްވާ ކަމަށާއި، ޤައުމީ މަޖިލީހުން މަޖިލީހުގެ ބައެއް ދާއިރާތަކުގެ މެމްބަރުންނާ ވާހަކަ ދައްކަން ހުއްދަ ދީފައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ ދާއިރާތައް ފަހުން އިއުލާނު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް