Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 18:10
ވަގަށް ނެގި ޝީޓެއް މިނިސްޓްރީގެ މުވައްޒަފުން ގުދަނުން ބޭރުކުރަނީ
ވަގަށް ނެގި ޝީޓެއް މިނިސްޓްރީގެ މުވައްޒަފުން ގުދަނުން ބޭރުކުރަނީ
ރާއްޖެއެމްވީ
ޒިންކް އެލްމީނިއަމް ޝީޓް
ވަގަށް ނެގި ޕްލޭނިންގ މިނިސްޓްރީގެ ޒިންކް އެލްމީނިއަމް ޝީޓްތައް ހޯދައިފި
ލަފާކުރެވޭ ގޮތުގައި 600 ޝީޓަށްވުރެ ގިނަ ޝީޓް ވަގަށް ނަގާފައިވޭ
އެ ޝީޓްތަކަކީ މެކޭނިކަލް ޕާކިންގ ސިސްޓަމްގެ އަރިމަތީގައި ޖަހާ ޝީޓްތައް

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތަށް ގެނެސްފައިވާ ޒިންކް އެލްމީނިއަން ޝީޓްތައް ވަގަށް ނަގާފައިވަނިކޮށް ފުލުހުން އެ ޝީޓްތައް ހޯދައިފިއެވެ.

ހޯމަ ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޕްލޭނިންގ މިނިސްޓްރީން ބުނީ އެ ޝީޓްތަކަކީ މެކޭނިކަލް ޕާކިންގ ސިސްޓަމްގެ އަރިމަތީގައި ޖަހާ ޝީޓްތައް ކަމަށާއި އެ ޝީޓްތައް ބަހައްޓާފައި ހުރި މާލެ އިންޑަސްޓްރިއަލް ސަރަހައްދުން މަދުކަން އެނގުނީ ޝީޓްތައް ނަގަން ދިޔުމުން މީގެ އެއްހަފްތާ ކުރިން ކަމަށެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

މައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން ލިބުނު މައުލޫމާތަކަށް ބިނާކޮށް، އިންޑަސްޓްރިއަލް ސަރަހައްދަށް ގޮސް ފުލުހުން ބެލިއިރު ތިން ދިވެހިން އެ ޝީޓްތައް ނެގުމުގައި ހަރަކާތްތެރިވި ކަމަށް މިނިސްޓްރީން ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮސްފައިވާ ކަމަށާއި ފުލުހުން އިތުރަށް ބެލި ބެލުމުން ހޯމަ ދުވަހު އިތުރު ޝީޓްތަކެއް ޕިކަޕަކަށް އަރުވައިގެން ގުދަނަކަށް ގެންދަނިކޮށް ފެނުނު ކަމަށް މިނިސްޓްރީން ބުނިއެވެ.

އެ މައްސަލާގައި އިތުރަށް ބެލިބެލުމުން މާލޭގެ 3 ތަނަކަށް، އަދި ތިލަފުއްޓަށް ވެސް ޝީޓްތައް ގޮސްފައިވާ ކަމަށާއި ލަފާކުރެވޭ ގޮތުގައި 600 ޝީޓަށްވުރެ ގިނަ ޝީޓް ވަގަށް ނަގާފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ވަގަށް ނަގާފައިވާ ޝީޓްތަކުގެ ޖުމްލަ އަދަދު އެނގޭނީ އޮޓިޑެޓް ކުރުމުން ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ވަނީ ވަގަށް ނެގި ބައެއް ޝީޓްތައް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައެވެ. އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 278 ޝީޓެވެ.

މެކޭނިކަލް ޕާކިންގ ސިސްޓަމްގެ އަރިމަތީގައި ޖަހާ ޝީޓެއްގެ އަގު އުޅެނީ 5000ރ އާއި 10،000ރ އާ ދެމެދުގައެވެ. މި ޝީޓްތަކަކީ މި މަސައްކަތަށް ހާއްސަކޮށްގެން ޗައިނާއިން ގެނެވިފައިވާ ޝީޓްތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ފެބްރުއަރީ 2019 | ހޯމަ 14:11
އަސްތާ
ވަގަށްނެގި ޕްލޭނިންގ މިނިސްޓްރީގެ؟؟ ??