Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 14:39
އެމްޑީޕީ ސަޕޯޓަރުން
އެމްޑީޕީ ސަޕޯޓަރުން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
އެމްޑީޕީގެ ކެންޑިޑެސީ ފޯމުތައް އީސީއަށް ހުށައެޅުން ކުލަގަދަ ރަސްމިއްޔާތަކާ އެކު ބުދަ ދުވަހު!
ހަރަކާތް ފެށޭނީ ބުދަ ދުވަހުގެ 9:15 ގައި އެމްޑީޕީ އޮފީސް ކުރިމަތިން

މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމުތައް ބުދަ ދުވަހު އިލެކްޝަން ކޮމިޝަނަށް ހުށައަޅާނެ ކަމަށް އެޕާޓީން ބުނެފިއެވެ. 

ކުލަގަދަ ގޮތެއްގައި އިލެކްޝަން ކޮމިޝަނަށް ފޯމުތައް ހުށައަޅަން ނިންމާފައިވާއިރު، އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވިދާޅުވީ، ބުދަ ދުވަހު ފޯމުތައް ހުށައަޅާއިރު، އެމްޑީޕީ ސެކެޓްރިއޭޓް އޮފީސް ކުރިމަތިން ފެށިގެން ހިނގާލުމެއް އޮންނާނެ ކަމަށާއި، އެ ހިނގާލުމުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ހުރިހާ ކެންޑިޑޭޓުންގެ އިތުރުން ދާއިރާތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.

އީީސީއަށް ފޯމު ހުށައެޅުމަށް ދާން ހަމަޖެހިފައިވާ ގޮތް 

އެމްޑީޕީން ފޯމުތައް ހުށައަޅަން ހިނގާލުން ފަށަން ނިންމާފައި ވަނީ ބުދަ ދުވަހުގެ 9:15 ގައި އެމްޑީޕީ އޮފީސް ކުރިމަތިންނެވެ. 

އެމްޑީޕީގެ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑް ސާފު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައަޅާފައިވާނެ ކަމަށާއި، އަންގާރަ ދުވަހު ސުޕްރީމް ކޯޓަށާއި އޭސީސީއަށް ކްލިއަރެންސްއަށް ހުށައެޅުމަށް ހަމަޖެހިފައިވާ ކަމަށް އަފްޝާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 

އެކި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުން ވެސް ފޯމު ހުށައެޅުމުގެ ހަރަކާތުގައި ބައިވެރިވުމަށް އެ ޕާޓީން އެދިފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް