Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 12:56
މަޖިލިސް 19 އާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ޕްރެސް ކޮޮންފަރެންސްގައި ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވާހަކަ ދައްކަނީ
މަޖިލިސް 19 އާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ޕްރެސް ކޮޮންފަރެންސްގައި ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވާހަކަ ދައްކަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް 2019
އަދާލަތުން އެދުނީ މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް: އެމްޑީޕީ
އަދާލަތުން އެދެނީ އެކުގައި މަސައްކަތް ކުރަން
ކެނޑިޑެސީ ފޯމްތައް ޑީޖޭއޭއަށް ވަނީ ހުށައަޅާފަ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަން އަދާލަތު ޕާޓީން އެދިފައިވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝާން ލަތީފް ވިދާޅުވެއްޖެއެވެ. 

ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝާން ވިދާޅުވީ، އެމްޑީޕީގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ އޭޕްރިލް މަހު ގައި ބާއްވާ އިންތިހާބުގެ ގޮނޑިތަކާއި ގުޅޭ ގޮތުން ކަމަށާއި، އަދާލަތު ޕާޓީން އެދިފައިވަނީ މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެކަމާ ވަކި ގޮތެއް ނުނިންމާ ކަމަށާއި، އޭގެ ތަފްސީލް އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ދެއްވާނެ ކަމަށް އަފްޝާން ވިދާޅުވިއެވެ. 

އަދާލަތު ޕާޓީއަށް ވަކި ގޮނޑިތަކެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަފްޝާން ވިދާޅުވީ، އެމްޑީޕީން ހުރިހާ ނިންމުމެއްވެސް ނިންމާނީ ޕާޓީގެ މެމްބަރުންގެ ލަފަޔާ އިރުޝާދާ އެކު ކަމަށާއި، އެމްޑީޕީންވެސް މަސައްކަތް ކުރާނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ކަމަށެވެ. ނަމަވެސް އަދާލަތު ޕާޓީއަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ ޕާޓީއެއް ކަމަށާއި، އެޕާޓީއާއެކު މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ހުށައަޅާފައިވާ ހުށައެޅުމާ ގުޅޭގޮތުން އަންގާރަ ދުވަހު އެމްޑީޕީގެ ޤައުމީ މަޖިލީހާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އަފްޝާން ވިދާޅުވިއެވެ. 

"ރޭގަ އެމްޑީޕީއާއި އަދާލަތު ޕާޓީއާ ވަނީ މަޝްވަރާ ކުރެވި ބައްދަލުވުމެއް ބޭއްވިފަ. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެމްޑީޕީ ދެކޭގޮތުގައި އަދާލަތު ޕާޓީއަކީ ރޭވިގެން އިންތިޒާމުކޮށް އޮނިގަނޑެއްގެ ތެރެއިން ހިނގަމުންދާ ޕާޓީއެއް. އަދި މިހެންކަމުން އެމްޑީޕީއަށް ވަރަށް ފަސޭހަ އަދާލަތު ޕާޓީއާއެކި މަސައްކަތް ކުރަންވެސް މަޝްވަރާ ކުރަންވެސް. އަދާލަތު ޕާޓީގެ އެދިވަޑައިގަތުމަކަށްވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކީ މަސައްކަތް ކުރުން،" އަފްޝާން ވިދާޅުވިއެވެ. 

އެމްޑީޕީގެ ކެންޑިޑޭޓުންގެ ކުށުގެ ރިޕޯޑް ސާފުކުރުމުގެ މަސައްކަތް ކުރަމުމަށް ފަހު، ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ ކުލަ ގަދަ ގޮތަކަށް ކަމަށް އެެޕާޓީން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް