ސިންގަޕޫރުގެ އެޗްއައިވީ ޖެހިފައިވާ މީހުންނާއި ބެހޭ މައުލޫމާތު ވަގަށްނަގާ އޮންލައިންކޮށް ލީކް ކޮށްލައިފިއެވެ.
ލީކުކޮށްލާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ 14000 މީހުންނާއި އެހެން ގައުމުތަކުގެ މީހުންނާއި ބެހޭ މައުލޫމާތު ތަކެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ތަކެތި ލީކު ކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ލީކް ކޮށްލާފައިވަނީ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތަށް ކަމަށެވެ. މިކަމުގެ ފަހަތުގައިވާކަމަށް ތުހުމަތު ކުރެވެނީ އެޗްއައިވީ ޖެހިފައިވާ އެމެރިކާގެ ރައްޔިތަކާއި ސިންގަޕޫރުގެ ސީނިޔާ ޑޮކްޓަރެކެވެ. މިކަން ހިނގާފައިވަނީ 1.5 މިލިއަން ސިންގަޕޫރުގެ ރައްޔިތުންނާއި ބޮޑުވަޒީރު ޕްރައިމް މިނިސްޓަރ ލީ ހިސެން ލޫންގް ގެ މައުލޫމާތު ވެސް ހިމެނޭގޮތަށް އެއްކުރިތާ އެތައް މަސްތަކެއް ފަހުންނެވެ
މި ލީކުކުރި މައުލޫމާތު ގެ ތެރޭގައި ހިމެނެނީ އެއިޑްސް ޖެހިފައިވާ މީހުންގެ ނަމާއި، އެޑްރެސް، އަދި އެމީހުންގެ ސްޓޭޓަސްއާއި މީގެ އިތުރުން އެމީހުންގެ އެހެނިހެން މައުލޫމާތު ތަކެވެ.
އޮފިޝަލުން ވިދާޅުވާގޮތުގައި 5400 ސިންގަޕޫރުމީހުންނާއި 8800 އެހެން ގައުމު ތަކަށް ނިސްބަތްވާ މީހުން ލޯބީގެ ގޮތުން ގުޅިފައިވެއެވެ.
މިކަމުގެ ސަބަބުން 2015 އިން ފެށިގެން އެޗްއައިވީ ޖެހިފައިވާ މީހުން ސިންގަޕޫރަށް އެރުން މަނާކޮށް ޓްއަރިސްޓް ވިސާގައި ވެސް އެޗްއައިވީ ޖެހިފައިވާ މީހުން އެރުން މަނާ ކުރިއެވެ.
މީގެ އިތުރުން މަސައްކަތް ކުރުމަށާއި އަދި ވިޔަފާރި ކުރުމަށް ސިންގަޕޫރަށް އެތެރެވާ މީހުން ގެ ތެރެއިން 90 ދުވަހަށް ވުރެން އިތުރަށް ސިންގަޕޫރުގައި މަޑުކުރާނަމަ އެޗްއައިވީއަށް ސްކްރީން ކުރުން މަޖުބޫރު ކޮށްފައި ވެއެވެ.
މި މައުލޫމާތު ލީކްކޮށްފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ދިރިއުލޭ އުމުރުން 33 އަހަރުގެ ޔޫއެސްގެ މިކީ ފަރޭރާ ބޮރޮންޗޭޒް ނަމަކަށް ކިޔާ މީހެކެވެ. މީނާ އަކީ މަސްތުވާ ތަކެއްޗާއި މަކާރާއި ހީލަތް ހެދުމުގައި ކުއްސާބިތުވެ 20016 ވަނަ އަހަރު ސިންގަޕޫރުން ޑީޕޯޓް ކޮށްލާފައިވާ މީހެކެވެ.
މިކަމާއި ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ސިންގަޕޫރުގެ ހެލްތު މިނިސްޓަރ ގެން ކިމް ޔޮންގް މި ސިއްރު މައުލޫމާތު ލީކްކޮށްލީތީ ހިތާމަ ކުރާ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ސިންގަޕޫރުގެ ޓްޑޭ އޮންލައިން ނޫސް ވެބްސައިޓްގައި ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިކަމުގެ ފަހަތުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ޝާމީލް ވާތީ އެކަމާއި ހިތާމަފާޅުކޮށް މި މީހުންނަށް ވީހާ ވެސް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.