ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 22:17
ފޭސްބުކްއިން ވަނީ އީރާނާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރާ 783 އެކައުންޓް އުވާލާފަ
ފޭސްބުކްއިން ވަނީ އީރާނާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރާ 783 އެކައުންޓް އުވާލާފަ
މުހައްމަދު ޝަރުހާން
ފޭސްބުކް
އީރާނާއި ގުޅުން އޮތް ގިނަ އެކައުންޓްތަކެއް ފޭސްބުކްއިން އުވާލައިފި
އުވާލާފައިވާ އެކައުންޓަތަކުން 'އީރާނުގެ ފިކުރު' ފަތުރަން މަސައްކަތް ކުރާ ކަމަށް ފެސްބުކްއިން ތުހުމަތުކުރޭ

އިރާނާއި ގުޅުން އޮތް އެތައް ސަތޭކަ އެކައުންޓަކެއް އުވާލާފައިވާކަމަށް ފޭސްބުކްއިން ބުނެފިއެވެ.

ފޭސްބުކްއިން ބުނީ އުވާލާފައިވަނީ އީރާނުގެ ޕްރޮޕެގެންޑާ ފެތުރުމަށް 20 ގައުމަކުން އޮޕަރޭޓް ކުރަމުންދިޔަ 783 އެކައުންޓާއި ގްރޫޕް އަދި ޕޭޖު އުވާލާފައިވާ ކަމަށެވެ. އެ އެކައުންޓްތަކުން ގުޅިގެން ފޭސްބުކްގެ ގައިޑްލައިންތަކާއި ޚިލާފު އަމަލުތައް ހިންގަމުން ދިޔަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެކައުންޓްތަކުން ހިންގި އަމަލުތަކުގެ ތަފްޞީލު ހާމަކުރަމުން ފޭސްބުކްއިން ބުނެފައިވަނީ އެކި ޤައުމުތަކުގައި އީރާނުން ބެނުންވާ ކަންކަން ކުރުމަށް، ނުވަތަ އެކަންކަމަށް ހިތްވަރު ދިރުމަށް އެ އެކައުންޓްތައް ބޭނުންކުރަމުންދިޔަ ކަމަށެވެ.

ފޭސްބުކްއިން ބުނީ މި އެކައުންޓައް ބޭނުންކުރާ ފަރާތްތައް އެއީ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް ދައްކައިގެން ދުނިޔޭގެ މަސްރަހުގައި ހިނގާ އެކި ކަންކަމަކަށް ކޮމެންޓްކޮށް، އީރާނުގެ ފިކުރާއި އެއްގޮތަށް ޚަބަރާއި މައުލޫމާތު ޕޯސްޓުކުރަމުންދިޔަ ކަމަށެވެ. އެގޮތުން ފަލަސްޠީނާއި އިސްރާއީލުގެ މައްސަލަ އާއި ޔަމަން އަދި ސީރިއާގެ މައްސަލައިގައި 'އީރާނުގެ ފިކުރު' ފެތުރުމަށް އެ އެކައުންޓްތަކުން މަސައްކަތް ކުރަމުންދިޔަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް