Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 17:43
ރައީސް ނަޝީދަށް ހޯރަފުށިން މަރުހަބާ ދެންނެވުން
ރައީސް ނަޝީދަށް ހޯރަފުށިން މަރުހަބާ ދެންނެވުން
ރާއްޖެއެމްވީ
ރައީސް ނަޝީދު
ހަތް އަހަރަށް ފަހު ރައީސް ނަޝީދު ހޯރަފުއްޓަށް ވަޑައިގެންފި
ރައީސަށް ހޯރަފުށިން ހޫނު މަރުހަބާއެއް ކިޔާފައިވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ.ހޯރަފުއްޓަށް ވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު 4:45 ހާއިރު ރައީސް ހޯރަފުއްޓަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހޯރަފުއްޓަށް ވަޑައިގެން "ރާއްޖެއެމްވީ"އާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ހަތް އަހަރަށްފަހު ހޯރަފުއްޓަށް ވަޑައިގަނެވުމުން ނުހަނު އުފާފުޅުވާ ކަމަށާއި، ހޯރަފުށީ ރައްޔިތުންނަކީ މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ބައެއް ކަމަށެވެ. 

ރައީސްގެ މި ދަތުރުފުޅަކީ ހއ އަތޮޅުގެ އެމްޑީޕީ ކެނޑިޑޭޓުންގެ ޕްރީ ލޯންޗު ކުރުމާއި، ހޯރަފުށީ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) ގެ ކެމްޕެއިން ލޯންޗު ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ހޯރަފުށީ ގިނަ ރައްޔިތުންތަކެއް ހަވީރު ބަނދަރަށް އެއްވެފައިވާއިރު، މިރޭގެ ޖަލްސާއަށް ހއ.ތުރާކުނާއި، އުލިގަމާއި ހއ.އިހަވަންދޫގެ ރައްޔިތުންވެސް އައުމަށްވަނީ ހަމަޖެހިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ 20:10 ގައި ޖަލްސާ ފެށޭއިރު، ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ހޯރަފުށި ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓާއި، ބާރަށު، ކެލާ، ދިއްދޫ އަދި އިހަވަންދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުންވެސް ޖަލްސާގައި ވާހަކަދައްކަވާނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
31 ޖެނުއަރީ 2019 | ބުރާސްފަތި 16:42
Yoosuf
Mulhinves laadheenee bogalhin thikaleygeah marhabaa dhan navaanee.