Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 00:45
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަން ޖެހޭ: ޝަރީފް
މަޖިލިސް އިންތިހާބު ނިމުމުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން އިސްލާހު ހުށައަޅާނެ ކަމަށް ޝަރީފް ވިދާޅުވި

މިހާރުގެ މާހައުލަށް ބަލާ އިިރުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކުރަން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމުމުން، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސިިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަށް ޑިމޮކްރެޓިިކް ވެއްޓެއްގައި ހިންގަން ފަސޭހަވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އައްޔަން ކުރެވުމާ އެކީގައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށައަޅާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޭނުންވާ އިސްލާހުތައް، ރަނގަޅު އިސްލާހުތަކަކާ އެކީ ފާސްވެގެން ދާނެކަމަށް އުއްމީދު ކުރަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ ޑިމޮކްރަޓިކް ގައުމެއްގެ މިނިވަން މުއައްސަސާއެއްގެ މައްޗަށް މަތި ކުރިވިފައި އޮތް އެއްމެ ބޮޑު ޒިންމާ ކަމަށެވެ. އެގޮތުން ޕާޓީތައް ހިންގުމާއި ރެގިއުލޭޓް ކުރުމުގައި އެއްމެ ބޮޑު ރޯލެއް އަދާކުރަނީ އިލެކްޝަންސް ކޮމިޝަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ގާނޫނު އަސާސީން އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ޒިންމާއަކީ، ޑިމޮކްރެޓިކް ގައުމެއްގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ އެއްމެ ބޮޑު ދެ ޒިންމާ. އެ ގާނޫނު އަސާސީން އަޅުގަނޑުމެންގެ ތެރެއަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފް ކުރާއިރުގައި، އެ ޕާޓީތައް ރެގިއުލޭތް ކުރުމާއި އަދި ހިންގުމުގެ މައިގަނޑު މައްސޫލިއްޔަތު، ހިންގުމަށް ފަސޭހަކުރުމުގެ އަދިި ގޮތްތަށް ކިޔުމުގެ މައިގަނޑު މައްސޫލިއްޔަތު ހަވާލުކޮށްފައި މިވަނީ އިލެކްޝަންސް ކޮމިޝަންއާއި" ޝަރީފް ވިދާޅުވިއެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ދެފުށް ފެންނަ އިންތިހާބެއް ބޭއްވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކީގައި ކަމަށެވެ. މި ހަފުލާގައި ޝަރީފް ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ހުރިހާ އިދާރީ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮމިޝަންގެ ބަޖެޓުގައި ތާށިކަން އެބަހުރި ކަމަށާއި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް އިތުރު ބަޖެޓު ހޯދަން އެދިފައިވާ ކަމަަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ދައުލަތުގެ ކަމާއިބެހޭ މުއައްސަސާއަށް އަޅުގަނޑުމެންނަށް ބަޖެޓުގެ ހުރި ތާށިކަމުގެ ވާހަކަ ވާނީ ދަންނަވާފަ. އަދި މުއައްސަސާތަކުން، އަޅުގަނޑުމެން އިންތިހާބަށް ބޭނުންވާ އިތުުރު ބަޖެޓު ދެއްވާނެ ކަމަށް އަޅުގަނޑި އުއްމީދު ކުރަން" ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، މި އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނާނެ ކަމަށް ހޯމަ ދުވަހު ބޭއްވި ހަފުލާގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް