Advertisement
ކ. މާލެ
|
29 ޖެނުއަރީ 2019 | އަންގާރަ 08:44
އާރކް ގެ އެކްޒެކިއުޓިވް ޑިރެކްޓަރ ޒީނާ ޒާހިދް
އާރކް ގެ އެކްޒެކިއުޓިވް ޑިރެކްޓަރ ޒީނާ ޒާހިދް
މުހައްމަދު ޝަރުހާން
އާރކް
ފާއިތުވެގެންދިޔަ 9 އަހަރު 23000 އަށް ވުރެ ގިނަ ކުދިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ހިންގާފައިވޭ : އާރކް
ޕާރޓްނާޝިޕް ވިތް ކޯޕަރޭޓް އެމްބެސެޑާރސް ޕްރޮގުރާމަކީ 2013 ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ޕްރޮގުރާމެއް

ފާއިތުވެގެންދިޔަ 9 އަހަރު 23000 ވުރެ ގިނަ ކުދިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް އާރކްއިން ބުނެފިއެވެ.

ސެލެބްރޭޓިންގް ޕާރޓްނާޝިޕް ވިތް ކޯޕަރޭޓް އެމްބެސެޑާރސް ހަފްލާގައި ވާހަކަ ދައްކަވަމުން އާރކް ގެ އެކްޒެކިއުޓިވް ޑިރެކްޓަރ ޒީނާ ޒާހިދް ވިދާޅުވީ ފާއިތުވެގެންދިޔަ އަހަރު ތަކުގައި ރާއްޖޭގެ 16 އަތޮޅެއްގެ  69 ރަށެއްގައި ތަފާތު ޕްރޮގުރާމްތަކެއް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން 23000 ކުދިންނަށާއި 4500 ވުރެ ގިނަ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމުގެ އިތުރުން 1700 ޓީޗަރުން ތަމްރީން ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. ހަފްލާގައި އިތުރަށް ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމާއި ސެޝަންތައް ބާއްވާ މައިގަނޑު ސަބަބަކީ މި ޕްރޮގުރާމްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. ހަފްލާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ އެޖެންޑާގައި ކުޑަކުދިންގެ ރައްކާތެރިކަމާއި ޖިނާއީ ބިލް އޮތްކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ކުރުނބާ މޯލްޑިވްސްގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ހަފްލާގައި ވަނީ އާރކް އަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވައި 2019 ވަނަ އަހަރު އާރކްގެ އެމްބެސެޑަރޝިޕްގައި ބައިވެރިވާ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މީގެއިތުރުން ދިވެހި ރާއްޖޭގެ ކުޑަކުދިންނަށް ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް އާރކް އިން ކުރާ މަސަތްކަތަށް 2018 ވަނަ އަހަރު އެހީތެރިކަން ފޯރު ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކޮށް 2018 ވަނަ އަހަރު ކޯޕަރޭޓް އެމްބެސެޑާރޝިޕް ގައި ބައިވެރިވި ކުންފުނިތަކަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

އާރކް ގެ މަސަތްކަތް ފައްޓަފައިވަނީ 2009ގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. ފާއިތުވެގެން ދިޔަ 9 އަހަރު ތެރޭގައި ގައުމީ ފެންވަރުގައި ހޭލުންތެރިކުރުމުގެ އެކި ޕްރޮގުރާމް ހިންގާފައިވެއެވެ. ޕާރޓްނާޝިޕް ވިތް ކޯޕަރޭޓް އެމްބެސެޑާރސް ޕްރޮގްރާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސަތްކަތުގައި ވިޔަފާރިވެރިން ބައިވެރިކުރުމަށް 2013 ވަނަ އަހަރު އިފްތިތާހް ކޮށްފައިވާ ޕްރޮގްރާމެކެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް