Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 18:25
2016 ވަނަ އަހަރު ލ. ގާދޫއިން އެ އަތޮޅު ފޮނަދޫއަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ސިފައިން ކުރަނީ
2016 ވަނަ އަހަރު ލ. ގާދޫއިން އެ އަތޮޅު ފޮނަދޫއަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ސިފައިން ކުރަނީ
ހައުސިންގް މިނިސްޓްރީ
ރައްޔިތުންގެ މަޖިލިސް 2019
އެއްފަސްކުރަން މަޖުބޫރު ނުކުރާ ގޮތަށް ބޯހިޔާވަހިކަމާ ގުޅޭ ބިލެއް އެމްޑީޕީން ހަދަނީ
ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ޝަރުތު ކަނޑައަޅާނެ
ބިން ހިއްކާނެ ގޮތުގެ އުސޫލު ބިލުގައި ކަނޑައަޅާނެ
ގުޅިފަޅާއި ތިލަފުށި ހިއްކަން ބިލުގައި ބާރު އަޅާނެ

ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާ އެކު ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމަށް "ބޯހިޔާވަހިކަމުގެ" ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ކަރުދާހެއް އެކުލަވާލައިފިއެވެ.

އެމްޑީޕީން އެ ކަރުދާސް ބިލެއްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައި ވަނީ އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. ހޮނިހިރު ދުވަހު ހުޅުމާލެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި އެމްޑީޕީން ބޭއްވި ވޯކްޝޮޕްގައި އެ ބިލްގެ ޑްރާފްޓެއް ވަނީ ހުށައަޅާފައެވެ.

އެ ބިލު ހަދަންޖެހޭ ސަބަބަކީ 40،000 މީހުން ބޯހިޔާވަހިކަން ބޭނުންވާތީ ކަމަށާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް އިތުރަށް ދެނެގަތުމަށް ދިރާސާތައް ހަދަންޖެހޭ ކަމަށް އެ ކަރުދާހުގައިވެއެވެ. މީގެ އިތުރުން ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ސަރުކާރުތަކުން ގެންގުޅެފައިވާ ނުރަނގަޅު ކަންކަން ރަނގަޅުކޮށް، އެކަން ތަކުރާރު ނުވާނެ ގޮތަށް ގާނޫނު ބައްޓަން ކުރަން އެމްޑީޕީން ހުށަހެޅި ކަރުދާހުގައި ވަނީ ލާޒިމުކޮށްފައެވެ.

މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތް އެ ކަރުދާހުގައި ވަނީ ހިމަނާފައެވެ. އެގޮތުން މާލެ އާއި ވިލިގިއްޔާއި ގުޅީފަޅާއި ތިލަފުށި ގުޅުވާލާ އެ ކަރުދާހުގައި ވަނީ ހުށަހަޅާފައެވެ. އަދި ގުޅީފަޅާއި ތިލަފުށީ ފަޅުން ނުހިއްކިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ ދިރާސާތައް ސަރުކާރުން ހަދަންޖެހޭނެ ކަމަށް ވަނީ އެ ކަރުދާހުގައި ވަނީ ބަޔާންކޮށްފައެވެ.

ބޯހިޔާވަހަކާ ގުޅޭ ގޮތުން އެމްޑީޕީ ހުށަހެޅި ކަރުދާހުގައިވާ ގޮތުން، އެއްފަސްކުރުމަށް ހިޖުރަކުރުން މަޖުބޫރު ކުރާ ހުއްޓާލުމަށާއި ބިން ހިއްކާނެ ގޮތުގެ އުސޫލު ގާނޫނުގައި އެކުލަވާލުން ހިމެނެއެވެ. އަދި ހިއްކެން ނެތް ރަށްތައް އެހެން ރަށްތަކާ ގުޅުވާލުމާއި ހުޅުމާލޭގައި ހިއްކި ބިން މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކުރަން ވެސް އެމްޑީޕީން ހުށަހެޅި ބޯހިޔާވަހިކަމާ ގުޅޭ ކަރުދާހުގައިވެއެވެ.

އެމްޑީޕީން ހުށަހަޅާ ބޯހިޔާވަހިކަމުގެ ބިލުގައި ހިމެނޭ ކަންކަން

  • ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުން
  • ބޯހިޔާވަހިކަން ދޭނެ ގޮތުގެ ޕްރޮސެސް ޤާނޫނުގައި ލިޔުން
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ފްލެޓް ދިނުން އިސްކަން ދިނުން
  • ތަނަވަސްކަން ނެތް މީހުންނަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދިނުން
  • މާލޭ ބިންކޮޅެއް ދޫކޮށްލުމުން، ގޯތި/ފްލެޓް ދޭނެ ގޮތް ކަނޑައެޅުން

އަލަށް އިންތިހާބު ކުރާ މަޖިލީހަށް މި ބިލު ހުށަހެޅޭނީ މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ދިނުމަށްފަހު އެ ޚިޔާލުތަކަށް ރިޔާއަތްކުރުމަށްފަހުގައި ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ މި ގާނޫނަކީ ތަސްދީގުކުރެވޭ ދުވަހުން ފެށިގެން ޢަމަލުކުރުން ލާޒިމުވާ ގޮތަށް ހެދޭނޭ ޤާނޫނެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް