Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 16:01
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
މުހައްމަދު ޝަރުހާން
ފެތުމުގެ ޕްރޮގްރާމް
ޓުއަރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ފަތަން ދަސްކޮށްދެނީ
ރާއްޖެ ކުރިއަށް ގެންދެވޭނީ ސަރުކާރަށް ރައްޔިތުންގެ ބައިވެރިވުން ލިބިގެން
ރައްޔިތުންގެ ޚިޔާލުތަކާއި ފިކުރުތަކަށް މިސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ
މޫދަށް ނޭރޭ މީހަކަށް ކަނޑު އަޑީގައި ބަގީޗާތަކުގެ ރީތިކަން އިހްސާސް ނުކުރެވޭނެ

މިއަހަރު ނިމުމުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަކީ ފަތަން ދަންނަ ބަޔަކަށް ހެދުމަށް ޕޮލިސީތަކެއް އެކުލަވާލާނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސުވިމް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ ފެތުމުގެ ޕްރޮގްރާމްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ހަފްލާގައި ވަހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ހަމައެކަނި ޤާނޫނާއި ޤަވައިދު ހަދައިގެން އެކިއެކި ގެއްލުންތައް ލިބުން ނުހުއްޓުވޭނެ ކަމަށާއި، ބައެއް ކަންކަމަކީ އަމިއްލަ އިސްނެގުމާއި ޝައުޤުވެރިކަމާއިއެކު ކުރަންޖެހޭ ކަންކަން ކަމަށެވެ. 

"ރާއްޖެ އަކީ ވަށައިގެން ކަނޑުއޮތް ޖަޒީރާ ގައުމެއް. ހިކިފަސްތަނަށް ވުރެން ބޮޑީ ކަނޑުގެ ސަރަހައްދު"، މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖެ ކުރިއަށް ގެންދެވޭނީ ސަރުކާރަށް ރައްޔިތުންގެ ބައިވެރިވުން ލިބިގެންކަން ފާހަގަ ކުރަށްވާ މިނިސްޓަރ ވިދާޅުވީ، ރައްޔިތުން އިސްނަގައިގެން އެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކޮންމެ ކަމެއްގައި މިސަރުކާރުން އެހީތެރިވާން ތައްޔާރަށް އޮތްކަމަށެވެ.

އެގޮތުން ރައްޔިތުންގެ ޚިޔާލުތަކާއި ފިކުރުތަކަށް މިސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.  

މީގެ އިތުރުން މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަރަމެންޓް ޑރ ހުސެން ރަޝީދު އަހުމަދު ވިދާޅުވީ، ކަނޑާއި ފަރުތަކުގެ ރީތިކަމަށް ހޭލުންތެރި ވެގެން ނޫނީ އެތަންތަން ދެކެ ލޯބި ނުވެވޭނެ ކަމަށާއި އަދި އެތަންތަން ސަލާމަތްވެސް ނުކުރެވޭނެ ކަމަށެވެ.  

މޫދަށް ނޭރޭ މީހަކަށް ކަނޑު އަޑީގައި ހުރި ބަގީޗާތަކުގެ ރީތިކަން އިހްސާސް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުންވެސް މޫދަށްއެރި، ފަތައި، ކަނޑުއަޑީގައި ހުރި ގުދުރަތީ މުއްސަނދިކަމުން އުފާ ލިބިގަންނަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސުވިމް މޯލްޑިވްސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު ފެތުމަށް ހަމަޖެހިފައިވަނީ 8 ނުވަތަ 10 ފެތުންތެރިން ކަމަށާއި އޭގެ އިތުރުން  ކޮންމެ ރަށެއްގެވެސް ފަތަން ބޭނުންވާ މީހަކު ހުރިނަމަ އެމީހަކަށް ފެތުމުގެ ފުރުސަތު އޮންނާނެ ކަމަށް ސުވިމް މޯލްޑިވްސްއިން މައުލޫމަތު ދެއެވެ.

މީގެ އިތުރުން ރިސޯޓްތަކުގެ މުވައްޒަފުންނާއި ގެސްޓުންވެސް ފެތުމުގެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކަމަށް ސްވިމް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް