Advertisement
ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 13:59
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ކ) އާއި ޖެންޑާރ މިނިސްޓަރ ޝިދާތާ ޝަރީފް (ވ)
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ކ) އާއި ޖެންޑާރ މިނިސްޓަރ ޝިދާތާ ޝަރީފް (ވ)
މުހައްމަދު ޝަރުހާން
ޖެންޑަރ މިނިސްޓްރީ
ހިތާމަވެރި ހާދިސާތައް ގިނަވާތީ، ޝިދާތާގެ ކަންބޮޑުވުން އިމްރާންއާ ހިއްސާކުރައްވައިފި
ހިތާމަވެރި ހަދިސާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ޝިދާތާ ވިދާޅުވި
ގޭންގް ކުށްތަކުގައި އެކި ފަރާތްތަކުން ކުޑަކުދިން ޝާމިލް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓަރ ވިދާޅުވި

ފަހަކަށް އައިސް ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ހާދިސާތައް އިތުރުވެފައިވާތި، އެކަމުގެ ކަންބޮޑުވުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް މިނިސްޓަރީ އޮފް ހޯމް އެފެއާސް ހޯމް އައްޝައިހް އިމްރާން އަބްދުﷲއާ ހިއްސާކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާގެ ކަންބޮޑުވުންތައް އިމްރާންއާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާތަކުގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވި މީހުން ހިމެނޭކަން ޖެންޑާ މިނިސްޓަރ ފާހަގަކުރެއްވި ކަމަށެވެ.

މީގެ އިތގުރުން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ އެންމެ އިސް ވާޖިބު ކަމަށް ކަމަށް ޝީދާތާ ވިދާޅުވެފައިވާ ކަމަށް ވެސް ޖެންޑާ އިން މައުލޫމާތުދެއެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ އިމްރާންއާ ބައްދަލުކުރައްވަނީ 

ހަމައެއާ އެކު މައްސަލަތައް ތަހުގީގުކޮށް އިންސާފު ލިބިގެން ދިޔުމަކީ މިނިސްޓްރީގެ ވެސް މަސްލަހަތުގައި ހިމެނޭ ކަމެއް ކަމަށް ޝިދާތާ ވިދާޅުވި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. ގޭންގް ކުށްތަކުގައި އެކި ފަރާތްތަކުން ކުޑަކުދިން ޝާމިލް ކުރަމުންދާ ކަމަށާއި، އެފަދަ ކުށްތަކުން  ކުޑަ ކުދިން ރައްކައުތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި އެކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީކުރިމަގުގައި، އެ ފަދަ ހާދިސާތައް މަދުކުރުމަށް ދެ މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް